އެންމެ ގިނަ ވަގުތު ރޯދައަށް ތިބޭނީ ކޮން ބައެއް ކަން އިނގޭތަ؟

މިއަހަރުގެ ރޯދަމަހު އެންމެ ގިނަ ވަގުތު ރޯދައަށް ތިބޭނީ ރަޝިޔާގެ ސިޓީއެއް ކަމަށްވާ މާމަންސްކްގައި ދިރިއުޅޭ މީހުންނެވެ. މާމަންސްކް އަކީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ 'ނޮދާން ލައިޓްސް' ފެންނަ ރަށްވެސް މެއެއެވެ. އެ ލައިޓްސް ނުވަތަ އިރުގެ ދޯދީގެ އެ މަންޒަރުތައް ބަލައިލުމަށް އެތައް ބަޔަކު އެގައުމަށް ޒިޔާރަތް ކުރެއެވެ.

ރަޝިއާގެ މާމަންސްކްގައި ފެންނަ ނޮދާން ލައިޓްސް ބަލައިލުމަށް ބަޔަކު އެ ދޯދިތައް ފެންނަ ސަރަހައްދަށް ދަތުރު ކޮށްފައި/ ފޮޓޯ: ތައުޒަންޑްމައިލްސްޓްރެވަލް

ނޯވޭގެ ބޯޑަރާއި 108 ކިލޯ މީޓާރު ދުރުގައި އޮންނަ މި ސިޓީގައި އިރު އޮއްސުމާއި، އިރު އެރުމާއި ދެމެދު އޮންނަނީ އެންމެ ތިން ގަޑިއިރެވެ. މާމަންސްކައި މިހާ ދިގު ވަގުތަކަށް މީހުން ރޯދައަށް ތިބޭ އިރު، އެންމެ ކުޑަ ވަގުތަކަށް ރޯދައަށް ތިބޭނީ އާޖެންޓީނާގެ ސިޓީއެއް ކަމަށްވާ އުށުއަޔާގައި އުޅޭ މީހުންނެވެ. އެއީ 11 ގަޑިއިރަށެވެ.

ދުނިޔޭގެ އެކި ސަރަހައްދުތަކުގައި މީހުން ރޯދައަށް ތިބެން ޖެހޭ ވަގުތުތައް:

  • ރަޝިޔާ - 20 ގަޑި 45 މިނިޓް
  • އައިސްލޭންޑް - 19 ގަޑި 26 މިނިޓް
  • ސްވެޑެން - 19 ގަޑި 43 މިނިޓް
  • ނޯވޭ - 18 ގަޑި 43 މިނިޓް
  • ޑެންމާކް - 18 ގަޑި 12 މިނިޓް
  • ސްކޮޓްލޭންޑް - 18 ގަޑި 14 މިނިޓް
  • އިންގްލޭންޑް - 17 ގަޑި 51 މިނިޓް
  • ޖާމަނީ - 17 ގަޑި 54 މިނިޓް
  • ފްރާންސް - 17 ގަޑި 9 މިނިޓް
  • ކެނެޑާ - 15 ގަޑި 58 މިނިޓް
  • އިޓަލީ - 15 ގަޑި 55 މިނިޓް
  • ގްރީސް - 15 ގަޑި 48 މިނިޓް
  • އިރާން - 15 ގަޑި 26 މިނިޓް
  • އިރާގް - 15 ގަޑި 14 މިނިޓް
  • ޕާކިސްތާން - 15 ގަޑި 14 މިނިޓް
  • ޕަލަސްތީން - 15 ގަޑި 6 މިނިޓް
  • އިޖިޕްޓް - 15 ގަޑި 6 މިނިޓް
  • އިންޑިއާ - 14 ގަޑި 51 މިނިޓް
  • ސްރީލަންކާ - 13 ގަޑި 37 މިނިޓް
  • މެލޭޝިޔާ - 13 ގަޑި 28 މިނިޓް
  • އާޖެންޓީނާ - 11 ގަޑި އިރެވެ.

ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުން ރޯދަ އަށް ތިބޭ ގަޑިތައް މިހެން ހުރި އިރު، ރާއްޖޭގައި އުޅޭ ރައްޔިތުން ރޯދަ ހިފާނީ 13 ގަޑި އިރާއި 30 މިނިޓަށެވެ. ހުރިހާ ސަރަހައްދެއްގައިވެސް ރޯދައަށް ތިބޭ ގަޑި ރޯދަމަސް ތެރޭ، މިނިޓެއް ނުވަތަ ދެ މިނިޓް ވަރު ބަދަލު ވާނެއެވެ.