މޭވާ އަދި ތަރުކާރީ ފަދަ ކާނާ އަވަހަށް ހަލާކު ވާތީ އުނދަގޫ ވާ ކިތަންމެ ބަޔަކު އުޅެއެވެ. ބާޒާރު ކޮށްގެން ގެއަށް ވައްދާ ބައެއް ތަރުކާރީއާއި މޭވާގެ ސާމާނުތައް ބޭނުން ނުކުރެވެނީސް ހަލާކުވާތަން އާދެއެވެ.

މޭވާ އާއި ތަރުކާތީ ފަދަ އެއްޗެއްސަކީ ތާޒާކޮށް އަބަދު ބާޒާރުން ލިބެން ހުންނަ ތަކެއްޗެއް ނޫނެވެ. ބާޒާރުގައި ހުއްޓަސް، މި ތަކެތި ހަލާކު ވާން ކައިރިވެފައި ހުންނާތީ ނުގަނެ ދެވޭ ފަހަރު ވެސް މަދެއް ނޫނެވެ. އެހެންކަމުން ތާޒާކޮށް ގަނެފައި ހުންނަ މޭވާއާއި ތަރުކާރީ އަވަހަށް ކުނި ނުވާނެ ފަދަ ގިތަކަށް ރައްކާ ކުރެވޭނެ ގޮތްތަކަށް ބަލާލަމާ ތޯއެވެ.

މޭވާ: އޮރެންޖް

އޮރެންޖް ބަހައްޓަށް އެންމެ ރަނގަޅީ، ނުދޮވެ، ނެޓެއް ނުވަތަ ތައްޓެއް ތެރޭގައެވެ. އޮރެންޖަކީ އަލަމާރީގައި ވެސް ބެހެއްޓި ދާނެ މޭވައެކެވެ.

ޓޮމާޓޯ

ޓޮމާޓޯ އަކީ ފްރިޖުގައި ބަހައްޓާ މޭވާއެކެވެ. ނަމަވެސް، ކެއުމުގެ މަދުވެގެން އެއް ދުވަސް ކުރިން އަލަމާރިން ނެގުމަށް ފަހު ޓޮމާޓޯ ބަހައްޓައިފި ނަމަ އޭގެ ރަހަ އެންމެ ރަނގަޅަށް ދޭނެ އެވެ.

ކަރާ

ކަރައަކީ ދޮންވެ ފައްކާ ވަންދެން، ބޭރުގައި ބަހައްޓަން ޖެހޭ މޭވައެކެވެ. ކަރާ އަލަމާރި އަށް ލާން ޖެހެނީ އެ ފެެޅުމަށް ފަހުގައެވެ. އަދި އެ ތާޒާކޮށް ބެހެއްޓުމަށް ކަރާގެ އޮށްތައް ނުނަގާ ބެހެއްޓުން މުހިންމެވެ. އަލަމާރީގައި ބަހައްޓާ އިރު ވެސް، ކަރާ ބަހައްޓާން ވާނީ ފުޑް ރެޕާ އަކުން ރެޕް ކުރުމަށް ފަހުއެވެ.

ލުނބޯ

ލުނބޯ ގިނަ ދުވަހު ތާޒާކޮށް ހުންނާނީ އަލަމާރީގައި ބެހެއްޓީމައެވެ.

ތަރުކާރީ: ކެބެޖް

ކެބެޖް ގިނަ ދުވަހު ތާޒާކޮށް ހުންނާނީ ފުޑް ރެޕާ އެއްގައި ރެޕް ކުރުމަށް ފަހު އަލަމާރީގައި ބެހެއްޓުމުންނެވެ.

ކެރެޓް

ކެރެޓް ގިނަ ދުވަހު ތާޒާކޮށް ބެހެއްޓުމަށް އޭގައި ހުންނަ ފަތްބައި ކަނޑާލުމަށް ފަހު ފެން އެއްޗަކަށް ލުމަށްފަހު އަލަމާރީގައި ބަހައްޓާށެވެ.

ކިއުކަންބާ

ކިއުކަންބާ އެންމެ ތާޒާކޮށް ހުންނާނީ، ފުޑް ރެޕާ އެއްގައި ރެޕް ކުރުމަށް ފަހު ކޮންޓެއިނާއެއްގައި އަލަމާރިން ބޭރުގައި ބެހެއްޓުމުންނެވެ. ނުވަތަ ބަދިގޭގެ ފިނި ހޫނު މިން ހުންނަ މިންވަރަށް ބިނާކޮށް ބަދިގޭގައި ވެސް ބެހެއްޓިދާނެއެވެ.

ފިޔާ

ފިޔާ އަކީ އެހެން ކާނާއާއި ދުރުގައި އަވި ނުދޭ ތަނެއްގައި އަލަމާރިން ބޭރުގައި ބަހައްޓަން ޖެހޭ އެއްޗެކެވެ. ހާއްސަކޮށް އަލުއްވާ ދުރުގައި ބަހައްޓަން ޖެހޭ އެއްޗެކެވެ. މި ދޭތި އެއް ކޮށްއިފި ނަމަ ދޭތި ވެސް އަވަހަށް ހަލާކު ވުމުގެ ފުރުސަތު ބޮނޑެވެ.