އަނެއްކާވެސް ޑްރައްިވަރު ނިދިޖެހުމުގެ ސަބަބުން އެމްޓީސީސީގެ ބަހެއް ކާރަކާއި ސައިކަލެއްގައި ޖެހި އެކްސިޑެންޓެއް ހިނގައިފި ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މިއަދު އެކްސިޑެންޓު ހިނގާފައިވަނީ ހުޅުމާލޭ ނިރޮޅުމަގު ވަޅޯމަސް ކެފޭ ކައިރިން ކަމަށެވެ. އަދި މި އެކްސިޑެންޓް ހިގައިފައި ވަނީ ގާތްގަނޑަކަށް 14:30 ހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް ފުލުހުން ބުނެއެވެ.

މިދިޔަ އަންގާރަ ދުވަހުވެސް ވަނީ ޑްރައިވަރު ނިދާފައި އިނދެގެން ބަސް ދުއްވަމުންގޮސް މަގުމަތީގައި ދުވަން އުޅުނު ފަތުރުވެރިއެއްގެ ގަައިމައްޗަށް އަރާ އެކްސިޑެންޓްވެފައެވެ. އެހާސިދާގައި ބަސް ދަށުވި މީހާ ވަނީ މަރުވެފައެވެ. އެކްސިޑެންޓުވި ބަސް ދުއްވަން އިން ޑްރައިވަރު މިހާރު ވަނީ ފުލުހުންގެ ބެލުގެ ދަށުގައެވެ.

މިއަދު އެކްސިޑެންޓުވި ބަހާއި ކާރު / ފޮޓޯ: ސޯޝަލް މީޑިއާ

މިދެ އެކްސިޑެންޓާ ގުޅޭގޮތުން ކޮމެންޓެއް ހޯދުމަށް ދަ ޕްރެސް ގެ ފަރަތުން އެމްޓީސީސީއަށް ގުޅުމުން އަދި އެ ފަރާތުން އެއްޗެއް ބުނެފައެއް ނުވެފައެވެ.

މިއީ މި ހަފްތާ ތެރޭގައި އެމްޓީސީސީ ބަސް ދުއްވަން ތިބޭ ޑްރައިވަރުން ނިދިޖެހިގެން ހިނގި 2 ވަނަ އެކްސިޑެންޓެވެ.