ހުޅުމާލެ ހައިވޭގައި ވޭނެއް ކޮންޓްރޯލް ނުވެގެން ގޮސް ޖެހި ރޯޑް ޑިވައިޑާ ހަލާކުވެފައި ވާކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ މި އެކްސިޑެންޓް ހިންގާފައިވަނީ މިއަދު 10:11 ހާއިރު ކަމަށެވެ.

މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް ގެނއްލުމެއް ލިބިފައި ނުވި ނަމަވެސް ވޭން ޖެހުމުގެ ސަބަބުން ޑިވައިޑާގެ ތަންތަންކޮޅު ވިއްސައިގެން ގޮސް ދުއްވާފައި އައި ޓެކްސީއަކަށް ކޮންމެވެސް ވަރަކަށް ގެއްލުން ވެފައިވާ ކަމަށް ފުލހުން ބުނެއެވެ.

މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން ވަނީ ބްރިޖް ޑިވައިޑާ ތަކުގައި ކޮންޓްރޯލުން ނައްޓައިގެން ދާ ވެހިކަލްތައް ޖެހި ޑިވައިޑާ ހަލާކުވެފައެވެ.

ފުލުހުން ބުނީ މިހާރު ބްރިޖް އަދި ބްރިޖާ ގުޅިފައިވާ ހައިވޭގައި ހިނގާ އެކްސިޑެންޓުގެ އަދަދު ފާހަގަ ކޮށްލެވޭ ވަރަށް ދަށަށް ގޮސްފައިވާކަމަށެވެ.

މިއަހަރުގެ ކުރީކޮޅުން ފެށިގެން ބްރިޖް މަތީގައި ހެލްމެޓު އަޅަން މަޖުބޫރު ކުރުމުން ބްރިޖް ބޭނުން ކުރާ މީހުންގެ އަދަދު މަދުވެފައި ވާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.