ޑްރައިވަރު ނިދާފައި އިނދެގެން ދުއްވި ބަސް ގައިމައްޗަށް އަރާ މަރުވި ޔޫކްރެއިން މީހާގެ ހަށިގަނޑު އާއިލާ އާ ހަވާލު ކޮށްފައި ވާކަމަށް ފުލުހުން ބުނެފިއެވެ. ނިޔާވި އަންހެން މީހާ މިދިޔަ އަންގާރަ ދުވަހު ހެނދުނު ހުޅުމާލޭގައި ދުވަން ނުކުމެ އުޅެނިކޮށް އެކްސިޑެންޓްވީ ބަސް ދުއްވަން އިން ޑްރައިވަރު ނިދާފައި އިނދެގެން ބަސް ދުއްވުމުގެ ސަބަބުންނެވެ. މިހާދިސާގައި މަރުވީ އުމުރުން 31 އަހަރުގެ އަންހެނެކެވެ.

އޭނާގެ އާއިލާއިން އިއްޔެގެ ވަގުތެއްގައި ވަނީ ރާއްޖެ އައިސްފައި ކަމަށް މައުލޫމާތު ލިބެއެވެ.

މިހާރު ޑްރައިވަރު ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. އޭނާގެ ބަންދައް ކޯޓުން ޖަހައިދީފައި ވަނީ 3 ދުވަސް ކަމަށާ މުއްދަތު އިތުރު ކުރަން އޭނާ ކޯޓަށް ހާޒިރު ކުރާނޭ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މަރުވި މީހާގެ ހަށިގަނޑު ގައުމަށް ފޮނުވުމަށް ކުރަން ޖެހޭ ހުރިހާ ހޭދައެއް ކުރަމުން ދަނީ އެމް.ޓީ.ސީ.ސީ އިންނެވެ.