ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން މި ރޯދަމަހު ވިލިމާލޭގެ ގެތަކުން ކުނި ނަގައިދެނީ ރޭގަނޑު ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ވެމްކޯއިން ބުނީ މިއަހަރުގެ ރޯދަމަހު ވިލިމާލޭގެ ގޭބިސީތަކުން ކުނި ނެގުމުގެ ގަޑީތަކަށް ބަދަލުގެނެވިފައިވާ ކަމަށެވެ. އެގޮތުން ވިލިމާލޭގެ ގޭބިސީތަކުން ކުނި ނެގުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 10:00 އިން 12:30 އަށް ކަމަށް އެ ކުންފުނިން ބުނެއެވެ.

މީގެ އިތުރުން އެ ކުންފުނީގެ ކޯލް ސެންޓަރުތަކުން ހިދުމަތް ދޭ ގަޑިތަކަށްވެސް ވަނީ ބަދަލު އައިސްފައި ކަމަށް އެ ކުންފުނިން ބުނެއެވެ. މި ރޯދަމަހު އެ ކުންފުނީގެ ކޯލް ސެންޓަރުތަކުން ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ގަޑިތަކަކީ ހެނދުނު 10:00 އިން ހަވީރު 3:00 އަށް އަދި ރޭގަނޑު 10:00 އިން 12:00 އަށެވެ.

ކުނި ނެގުމާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ހޯދަން ބޭނުންވާނަމަ އެތަނުގެ ހޮޓްލައިން ނަންބަރު 1666 އަށް ގުޅައިގެން ކުރިއަށް ގެންދިއުމަށް އެ ކުންފުނިން އެދިފައިވެއެވެ.