ކުޑަ އަންހެން ކުއްޖަކު ގެއްލިގެން އެކުއްޖާ ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދެފިއެވެ.

ކުޑަކުއްޖަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދަނީ އުމުރުން 13 އަހަރުގެ އާއިޝަތު އީނާޝް ނަސީރު (މއ.ފުނަ) ކަމަށެވެ.

އީނާޝް އާބެހޭ އެއްވެސް މައުލޫމާތެއް ލިބިވަޑައިގެންފައިވާ ފަރާތެއްވާނަމަ ލަސްނުކުރައްވައި އެމައުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ޑިއުޓީ ނަންބަރ 3331510 އަށް ގުޅުއްވައި ހިއްސާކޮށްދެއްވުމަށް ފުލުހުން އެދެފައިވެއެވެ.

މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފުލުހުން ވަނީ މިފުރުސަތުގައި ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ.