ޓޫރިސްޓު ހޮޓަލެއް ކަމަށްވާ މޫކައި ސުއިޓްސްގެ ތިރީ ބުރީގައި ހުރި ކޭބަލް ތަކެއްގައި ރޯވެ އެ އިމާރާތުގެ ހުރިހާ ފްލޯއެއްގެ ކަރަންޓު ލައިޓުތަކުން ދުން ނުކުންނަމުން އެބަ ދެއެވެ. މިހާދިސާއާ ގުޅިގެން އިމާރާތުން މީހުން ހުސްކޮށްފައި ވާއިރު އަލިފާނުގެ ހާދިސާއެއް ނުހިގާ ކަމަށް ފުލުހުން ބުނެއެވެ. އަދި މިހާރުވެސް ފުލުހުންނާ އެންއެންޑީއެފް ފަޔަރުން ދަނީ ހަރަކާތްތެރި ވަމުންނެވެ.

އެމްއެންޑީއެފުން ބުނީ މޫކައި ސުއިޓްސްގެ ފަންގިފިލާއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން މިރޭ 21:48ގައި ސިފައިން އެތަނަށް ގޮސް އަލިފާން ނިވާލާފައިވާ ކަމަށެވެ.

އެއިމާރާތުގެ ހުރިހާ ފްލޯއެއްގެ ލައިޓުތަކުން މިހާރުވެސް ދުން އަރަމުން ދާ ކަމަށާ އިތުރަށް ބަލަމުން ދާ ކަމަށް ފުލުހުން ބުނެއެވެ.