މި އަހަރުގެ ރޯދަމަހާ ދިމާކޮށް އުރީދޫ މޯލްޑިވްސް އިން އެ ކުންފުނީގެ ހިދުމަތް ހޯދަމުންދާ ކަސްޓަމަރުންނަށް ހާއްސަ ޑިޖިޓަލް ހިދުމަތްތަކަކާއި ޕްރޮމޯޝަން ތަކެއް ތައާރަފު ކޮށްފިއެވެ.
އެ ކުންފުނީގެ ހެޑްއޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި އޮފާތައް އިއުލާން ކޮށްފައިވާއިރު އެ ކުންފުނިން ކޮންމެ ރޯދަމަހަކު ވެސް ގެނެސްދޭ ރޯދަމަހަށް ހާއްސަ ވީޑިއޯވެސް ވަނީ ދައްކާލާފައެވެ.
އުރީދޫން ބުނީ ވައިބާ އާ ގުޅިގެން އެ ކުނފުނިން ނަމާދު ވަގުތު އަންގައިދޭ، "ބަންގި ޗެނަލް" އިން ނަމާދު ވަގުތުގެ ހަނދުމަކޮށްދިނުމުގެ އިތުރުން ޤިބްލަ ހޯދައި، ޒަކާތް ހިސާބުކޮށް، ނަމާދުގެ ތާވަލުތައް ބަލާލުން ފަދަ މުހިއްމު އަދި ފަސޭހަ ހިދުމަތްތަކެއް ލިބިގެންދާނެ ކަމަށެވެ. އޭގެއިތުރުން މި ރޯދަމަހު، ކޮންމެ ތަނެއްގައި ތިބެގެން އަދި ކޮންމެ ވަގުތަކުވެސް، އުރީދޫ ކަސްޓަމަރުންނަށް މޮބައިލް މެދުވެރިކޮށް އޮންލައިންކޮށް ސިޔަރަތު އަޑުއެހޭނެ ގޮތްވެސް އުރީދޫން ވަނީ ފަހިކޮށްދީފައެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް މޯބައިލް މެދުވެރިކޮށް މައްކާއިން ތަރާވީސް ލައިވްކޮށް ބަލާލެވޭނެ ކަމަށާއި އަދި ރައްޓެހިންނާއި އާއިލާއަށް ރޯދަ ވީއްލުމެއް ވެސް، ފޯނު މެދުވެރިކޮށް ހަދިޔާ ކޮށްލެވޭނެ ފަދަ އޮފާ އެއް ޓެކްސްޓް އެން އިފްތާރުން ލިބޭނެ ކަމަށް އުރީދޫން ބުނެއެވެ. މީގެ އިތުރުން ރޯދަމަހަށް ހާއްސަކޮށް މަސް ރޭސް ގޭމް ކުޅެވޭނެ މޮބައިލް އެޕެއްވެސް އެ ކުންފުނިން ވަނީ ތައާރަފްކޮށްފައެވެ.
މި ހިދުމަތްތަކުގެ އިތުރުން ރޯދަމަހުގެ އެއްވަނަ ދުވަހުން ފެށިގެން އެ ކުންފުނީގެ ކަސްޓަމަރުންނަށް ލިބޭ އިތުރު ހިދުމަތްތަކުގެ ތެރޭގައި:
ރަމަޟާން ޑޭޓާ ކޮމްބޯ
ރަމަޟާން ޑޭޓާ ކޮމްބޯ މެދުވެރިކޮށް އުރީދޫގެ 4ޖީ+ ނެޓްވޯކުގައި ބޭނުންކޮށްލަން 1ޖީބީ ޑޭޓާ، އަދި ގާތްތިމާގެ މީހުންނަށް ގުޅާލަން 100 މިނިޓް ލިބޭ މި ޕެކޭޖްގެ އަގަކީ އެންމެ 25 ރުފިޔާއެވެ. މިޕެކް ބޭނުންކުރެވޭނީ ކޮންމެ ދުވަހަކު ހެނދުނު 5.00 އިން ހަވީރު 5.00 އަށެވެ. އަދި މި ޕެކޭޖް އެކްޓިވޭޓް ކުރުމަށް ޖަހާނީ *929*1*1# ކަމަށް އުރީދޫން ބުނެއެވެ.
އެމް-ފައިސާ ކޭޝްބެކް އޮފާ
އެމް-ފައިސާ ކޭޝްބެކް އޮފާ މެދުވެރިކޮށް ރޯދަމަހުގެ ކޮންމެ ހުކުރު ދުވަހަކު ކުރާ ކޮންމެ ރާސްޓަސްއެއްގެ 10 ޕަސެންޓް އެމް-ފައިސާގެ ގޮތުގައި އަނބުރާ ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އެމް-ފައިސާ ވޮލެޓުގައިވާ ފައިސާ ނެންގެވުމުގެ އިތުރުން، ވިޔަފާރިތަކަށް ފައިސާ ދައްކާ، ބިލުތައް ދައްކައި، އަދި އާއިލާ އާއި ރައްޓެހިންނަށް ޓްރާންސްފާ ވެސް ކޮށްލެވޭނެ ކަމަށް އުރީދޫން ބުނެއެވެ.
ސައުދީ އައިޑީޑީ އޮފާ
ސައުދީ އައިޑީޑީ އޮފާ އަކީ މި ރޯޑަމަހު ސައުދީއަށް ގުޅާލުން ފަސޭހަކޮށްދޭ ޕެކޭޖެކެވެ. ސައުދީ ޕްލޭން މެދުވެރިކޮށް 150 ރުފިޔާ ހޭދަކޮށްގެން ސައުދީގައި ތިބޭ އާއިލާއާއި ރައްޓެހިންނަށް ގުޅާލުމަށް 75 ހިލޭ މިނެޓް ލިބިގެންދާ އިރު މި ޕެކް ހިޔާރުކުރާ ކޮންމެ ކަސްޓަމަރަކަށް ހިލޭ 2 ޖީބީ ޑޭޓާ ލިބޭނެކަމަށް އުރީދޫން އިން ބުނެއެވެ. މި ޕްލޭން އެކްޓީވޭޓް ކުރެއްވުމަށް، ޖާހާނީ *929*3*2# އެވެ.
ސެމްސަންގް އޮފާ
މި ރޯދަމަހަށް ހާއްސަކޮށް ސެމްސަންގް އޮފާ މެދުވެރިކޮށް ވަރަށް ފުރިހަމަ އިންސްޓޯލްމަންޓް ޕެކޭޖުތަކާއި އެކު، ސެމްސަންގްގެ އާ ފޯނުތައް ކަމަށްވާ އެމް20 އަދި އޭ50، އުރީދޫ އެކްސްޕީރިއަންސް ފިހާރަކުން ލިބޭނެ ކަމަށް އެކުންފުނިން ބުނެއެވެ.
ސުޕަނެޓް އޮފާ
ސުޕަނެޓް އޮފާ މި ރޯދަ މަސްތެރޭގައި އުރީދޫގެ ސުޕަނެޓް ފައިބާ ބްރޯޑްބޭންޑް އެކްޓިވޭޓް ކުރެއްވުމަށް ފަހު 6 މަސް ދުވަހުގެ މުއްދަތަށް 30 ޕަސެންޓް ބޯނަސް އެ ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް އުރީދޫން ބުނެއެވެ.
ރޯދަމަހު މުޅިން ހިލޭ އުރީދޫ ކަސްޓަމަރުންނަށް ލިބޭ ހިދުމަތްތައް:
- GO ޖެހުމަށްފަހު 4777 އަށް ފޮނުވައިގެން އެސްއެމްއެސް މެދުވެރިކޮށް ނަމާދުވަގުތު ބަލާލެވޭނެއެވެ.
- ރީތި ޓިއުންސް ހިދުމަތް މެދުވެރިކޮށް ކީރިތި ޤުރުއާންގެ ދިވެހި ތަރުޖަމާ އަދި މަދަހަ ހޯއްދެވުމަށް، "BuyTune ID" ޖެހުމަށްފަހު 4000 އަށް ފޮނުވުމުން ލިބޭނެއެވެ.
- އުރީދޫ ޕްރީޕެއިޑް އަދި އުރީދޫ މިކްސް ބޭނުންކުރާ ކަސްޓަމަރުން ފިތުރު ޒަކާތް ދެއްކެވުމަށް *909# އަށް ގުޅައިގެން، އެއްވެސް އިތުރު އަގަކާއި ނުލާ ޒަކާތް ދެއްކޭނެއެވެ. ހަމައެއާއެކު އެމް-ފައިސާ މެދުވެރިކޮށް ވެސް، ފިތުރު ޒަކާތް ދެއްކޭނެއެވެ.