މި ފެށޭ ރޯދަމަހުގެ ވަކި ގަޑިތަކެއްގައި ބާޒާރުމަތި ދުއްވާ އެއްޗެއްސައް ނުވަދެވޭ ގޮތަށް ބަންދު ކުރާނެ ކަމަށް ފުލުހުން ބުނެފިއެވެ. އެގޮތުން ފުލުހުން ބަލަހައްޓާނީ އެމްއެމްއޭ އިން ފެށިގެން މީރުބަހުރު ސަރަހައްދާ ހަމަޔަށް ކަމަށާ ރޯދަމަހު ފުލުހުންގެ ހާއްސަ ޓީމެއް ބާޒާރުމަތީ ސަރަހައްދު ބެލެހެއްޓުމުގައި ހަރަކާތްތެރިވާނެ ކަމަށް ފުލުހުން ބުނެއެވެ.

އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ބުނީ ރޯދަމަހު ކޮންމެ ދުވަހަކު 12:30 އިން ފެށިގެން 18:30 އާ ހަމަޔަށް އެމްއެމްއޭ އިން ފެށިގެން މީރުބަހުރު ބަނދަރާ ހަމަޔަށް ދުއްވާ އެއްޗެއްސަށް ނުވަދެވޭ ގޮތަށް ބަންދު ކުރާނެ ކަމަށެވެ.

އެހެން ނަމަވެސް މުދާ އެރުވުމާ ބޭލުމަށް ބޭނުންކުރާ ވެހިކަލްތަކަށް އެސަރަހައްދައް ވަދެވޭނެ ކަމަށްވެސް ފުލުހުން ބުނެއެވެ.

ބާޒާރުމަތީ ސަރަހައްދަކީ ގިނަ އަދެއްގެ އާންމުން ގޮސް އުޅޭ ސަރަހައްދެއް ކަމުން އަދި ހާއްސަކޮށް ރޯދަ މަސް މަހުގައި ބާޒާރުމަތީގެ ޓްރެފިކް އިންތިހާއަށް ބޮޑުވެއެވެ.

ލޯކަލް މާރުކޭޓް ސަރަކައްދަކީ ރޯދަ މަސްމަހުގައި މާލޭގައި ދިރިއުޅޭ ރައްޔިތުންގެ އިތުރުން ދަތުރު ވެރިންވެސް ބޭނުން ކުރަމުން އަންނަ ސަރަހައްދެކެވެ.