މިއަދު މެންދުރު 14:30 ހާއިރު ރ އިފުރަށް ދަތުރުކުރަމުން ދިޔަ ޑިންގީއެއް ރ. ވާދޫ ކައިރިޔަށް އަޑިޔަށް ގޮސްފައިވަނިކޮށް ޑިންގީ އިން ދަތުރުކުރި މީހުން ސަލާމަތްކޮށްފައި ވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މި ޑިންގީގައި ދަތުރު ކޮށްފައިވަނީ 5 ދިވެހިން ކަމަށެވެ. އަދި މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށާ މި އެންމެނެގެ ހާލުވެސް ރަނގަޅު ކަމަށް ފުލުހުން ބުނެއެވެ.

ޑިންގީ އަޑިޔަށް ގޮސްފައިވަނީ ރާޅަކާ ޖަހާ ޖިންގީ ފަޅާލުމުގެ ސަބަބުން ކަމަށް ފުލުހުން ބުނެއެވެ. ޑިންގީ އަޑިޔަށް ދާކަމުގެ މައުލީމާތު ލިބިފައިވަނީ މިއަދު 3:00 ހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި މިކަމުގެ މައުލޫމާތު ލިބުމާއެކު ށ. ކޮމަންޑޫގައި މަސަތްކަތް ކުރަމުންދާ ފުލުހުންނާ ރައްޔިތުން ގުޅިގެން ދޯންޏެއްގައި ވަނީ ޑިންގީ ކަފު ޖަހައިގެން ރ. އަލިފުށްޓަށް ގެންގޮސްފައި ކަމަށް ފުލުހުން ބުނެއެވެ. އަދި ޑިންގީގައި ތިބި 5 މީހުންވެސް ވަނީ ދޯނީގައި އަލިފުށްޓަށް ގެންގޮސްފައި ކަމަށް މައުލޫމާތު ލިބެއެވެ.

ރ. އިފުރަށް ދަތުރު ކުރަމުން ދިޔަ ޑިންގީ ކަފި ޖަހައިގެން އަލިފުއްޓަށް ގެންދަނީ / ފޮޓޯ: ޕޮލިސް

މި ދުވަސްކޮޅަކީ މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުގަދަ ދުވަސްކޮޅެއް ކަމުގައިވާތީ ކަނޑު ދަތުރު ކުރާ ފާރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް ކަމާބެހޭ ފަރާތަތަކުން އިލްތިމާސް ކުރެއެވެ. އަދި އެކަށޭނަ ސަލާމަތީ ފިޔަވަޅުތައް ކަނޑު ދަތުރުކުރާ އުޅަނދުތަކުގައި ހުރިތޯ ޔަގީން ކުރުމަށްވެސް އެފަރާތްތަކުން އިލްތިމާސް ކުރެއެވެ.