ލަންކާގައި ޖާނުން ފިދާވެގެން ދިން ހަމަލާގައި ހިމެނެނީ އެންމެ އަންހެނެއް ކަމަށާ ބާކީ ތިބީ ހުސް ފިރިހެނުން ކަމަށް ލަންކާގެ ކަމާ ބެހޭ ފަރާތްތަކުން އާންމު ކުރި ލިސްޓުން އެނގިއްޖެއެވެ. އެ އަންހެން މީހާއަކީ ފާތިމާ އިލްހާމް ނަމަކަށް ކިޔާ އަންހެނެކެވެ. އޭނާ ބޮން ގޮއްވާލައިފައި ވަނީ ދަމަތަގޮޑާ ގައެވެ.

ލަންކާގައި ޖާނުން ފިދާވެގެން ދިން ހަމަލާ ދިން މީހުންގެ ލިސްޓު އާންމުކޮށްފައި ވާއިރު އެމީހުންހެ ތެރޭގައި 8 ފިރިހެނަކު ހިމެނެއެވެ.

ޖާނުން ފިދާވެގެން ހަމަލާދިން މީހުންގެ ލިސްޓު / ފޮޓޯ: ޓްވިޓާ

ލަންކާގައި ޖާނުން ފިދާވެގެން ދިން ހަމަލާތަކުގައި 253 މީހުން މަރުވެފައި ވާއިރު ގިނަ ބަޔަކަށް ވަނީ ހަމަލާތަކުގެ ސަބަބުން އެކި ވަރުގެ އަނިޔާތައް ލިބިފައެވެ.

މި ހަމަލާތަކުގެ ޒިންމާ އުފުލާފައިވަނީ ހައްދުފަހަނައަޅައިފައި ވާ ހަނގުރާމަވެރި ޖަމާއަތެއް ކަމުގައިވާ އައި.އެސް ޖަމާއަތުންނެވެ. މިހަމަލާތައް ދިނުމުގައި ބައިވެރިވި މީހުން ހޯދުމުގެ މަސަތްކަތް ލަންކާގެ ސަލާމަތީ ބާރުތަކުން އަދިވެސް ދަނީ ކުރަމުންނެވެ.