އިންޑިއާ އަށް ކުރައްވާ ނުރަސްމީ ދަތުރުފުޅުގައި، މިއަދު އިންޑިއާގައި ދިރިއުޅެމުންދާ ދިވެހިންނާ މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައްދަލްކުރަން ނިންމަވައިފިއެވެ. އެގޮތުން ރައީސް ބައްދަލް ކުރަން ހަމަޖެހިފައިވަނީ ބެންގަލޫރުގެ އައިޓީސީ ގާޑީނިއާ ހޮޓްލްގައި، މިއަދު ހަވީރު 17:30 ގައެވެ.

ރައީސް އެނބުރި ރާއްޖެ ވަޑައިގަރުމަށް ހަމަޖެހިފައިވަނީ މިއަންނަ ހޯމަ ދުވަހުއެވެ. ރައީސް އިންޑިއާއަށް ކުރައްވަމުން މި ގެންދަވާ ދަރުރުފުޅަކީ އިންޑިއާ ޕްރިމިއާ ލީގް (އައި.ޕީ.އެލް) ގެ ކުރިކެޓް މެޗެއް ބައްލަވާލެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.