ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށް ވެފައިވާ މީހުންގެ ވާހަކަތައް ސޯޝަލް މީޑިއާގައި އާންމުކުރުމަށް ފެށީ މީޓޫ މޫވްމަންޓް ބޮލީވުޑަށް ތިލަކޮށްލި ތަނޫޝްރީ ދައްތާއަށް، އަޖޭ ދޭވްގަން ވަރުގަދަ ސުވާލެއް ކުރިމަތިކޮށްފިއެވެ.

ތަނޫޝްރީ ދާދިފަހުން ވަނީ، ޖިންސީ ފުރައްސާރައިގެ ބޮޑެތި ތުހުމަތުތަކެއް އަމާޒުވެފައިވާ އަލޯކް ނާތްއާއިއެކު އޭޖޭ ދޭވްގަން މަސައްކަތް ކުރަމުންދަނީ ކީއްވެތޯ ސުވާލުކޮށްފައެވެ. އަލޯކް ނާތްގެ ފަރާތުން ޖިންސީ ފުރައްސަރައިގެ އިތުރުން ރޭޕްގެ އަނިޔާވެސް ލިބިފައިވާކަމަށް ބުނެ މައްސަލަ ފެންމަތި ކުރީ ލިޔުންތެރިޔާ ވިންތާ ނަންދާއެވެ.

އަޖޭ ދޭވްގަން ބުނީ ހުރިހާ އަންހެނުންނަށް އޭނާ އިހުތިރާމް ކުރާ ކަމަށް ބުނެފައިވަނިކޮށް ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއް ދޭހަވާގޮތަށް ހަމައެކަނި އަޖޭ ދޭވްގަންގެ ނަން ތަނޫޝްރީ ފާހަގަކުރީ ކީއްވެތީ ސުވާލު އުފެދޭ ކަމަށެވެ.

އަޖޭ ދޭވްގަންވަނީ އަލޯކް ނާތްއާއިއެކު ދާދިފަހުން ފިލްމެއްގެ މަސައްކަތްކޮށްފައެވެ. ނަމަވެސް އަލޯކް ނާތަށް ތުހުމަތުތައް އަމާޒުވިއިރު އަޖޭ ދޭވްގަންއާއިއެކު އެ ފިލްމުގައި ދެންވެސް އުޅުނު ބަޔަކު ވިއްޔާ އެހެން ފިލްމުތަކުގެ މަސައްކަތް ފަށާފައިވާކަމަށްވެސް އަޖޭ ދޭވްގަން ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން އަލޯކް ނާތުގެ ބަދަލަށް މީހަކު ހަމަޖައްސައިގެން އަލުން މަންޒަރުތައް ނެގުމަކީ މާ ފަސޭހަކަމަށް ނުވާނެ ކަމަށްވެސް އަޖޭ ދޭވްގަންވަނީ ބުނެފައެވެ.

މީޓޫ މޫވްމަންޓްއާއި ގުޅިގެން ބޮލީވުޑްގެ ގިނަ ފަންނުވެރިންތަކެއް ވަނީ އެ ދާއިރާގައި މަސައްކަތްކުރާ ގިނަ ބަޔަކާ ދެކޮޅަށް ޖިންސީ ފުރައްސާރައާއި ގޯނާގެ ޝަކުވާ އުފުލާފައެވެ.