މުނިފޫހިފިލުވުމުގެ ދާއިރާއިން ފެންނަ ގިނަ ފަންނާނުންނަކީ ފޭނުންގެ ކުރިމަތީގައި މޮޑެލުންނެވެ. ބައެއް މީހުންނަކީ އެމީހުން އެންމެ ގަޔާވާ ތަރިންނާ ވީހާވެސް އެއްގޮތަށް ހެދުން އަޅާ، ހެއާ ސްޓައިލްކޮށް ހަދާ މީހުންނެވެ. އެންމެ ގަޔާވާ ޝަހްސާ ސިފަ އެއްގޮތް ކުރުމަށް ސާޖަރީ ހާދަ މީހުންވެސް މަދެއް ނޫނެވެ. ނަމަވެސް މިފަހަރު ތަފާތު ވާހަކައެކެވެ. ހިއްސާކޮށްލަން މިއުޅެނީ ބޮލީވުޑުން ފެނިގެންދާ ނަން ހިނގާ ބައެއް ތަރިންނާ ސިފަ އެއްގޮތް، އާދަޔާ ހިލާފު އިއްތިފާގުތަކެއްގެ ވާހަކައެވެ.
ބޮލީވުޑްގެ ކުޅަދާނަ ބަތޮލް ރަންބީރު ކަޕުރާ މޮޑެލިންގްގެ ރޮނގުން ކުރިއަށް ދާން މިހާރު ވިސްނައިގެން ހުރި ކަޝްމީރުގެ ޖުނައިދު ޝާހު. ޖުނައިދު ބުނާ ގޮތުގައި ގިނަ ބަޔަކު އޭނާ އަކީ ރަންބީރު ކަމަށް ހީކޮށް، އޮޅިގެންވެސް ވާހަކަ ދައްކައެވެ.
ބޮލީވުޑްގެ ރަސްގެފާނު ޝާހް ރުކް ހާންއާއި އޭނާގެ 1 ނަންބަރު ފޭން ހައިދަރު މަޤުބޫލް. އުމުރުން އެންމެ 25 އަކަށް ހައިދަރު މިހާރުވެސް ދަނީ ސޯޝަލް މީޑިއާގައި ހިއްސާކުރާ ގިނަ ފޮޓޯތަކަކުން އެތައް ބަޔަކު އާޝޯހް ކުރުވަމުންނެވެ. އެސް.އާރް.ކޭއާއި ސިފަ އެއްގޮތް ކުރުމަށް ހައިދަރު ދަނީ ގިނަ މަސައްކަތްތަކެއްވެސް ކުރަމުންނެވެ.
ޖޯން އަބްރަހަމްއާއި މުބާޝިރު މަލިކް. މުބާޝިރު މަލިކަކީ އިނގިރޭސިވިލާތަށް އުފަން ލިޔުންތެރިއެއްގެ އިތުރުން ބޭންކިންގް ސިނާއަތުގައި މަސައްކަތް ކުރަމުން އަންނަ މީހެކެވެ.
ސަލްމާން ހާންއާއި ނަޖީމް ހާން. އަފްޣާނިސްތާނަށް އުފަން ނަޖީމް ހާން ވަނީ ބޮލީވުޑްގެ ބައެއް ފިލްމުތަކުގައިވެސް މަސައްކަތްކޮށްފައެވެ. އެގޮތުން އޭނާއާއި އެންމެ ސިފަ އެއްގޮތް ސަލްމާން ހާންއާއިއެކުވެސް ނަޖީމް ވަނީ މަސައްކަތްކޮށްފައެވެ. މީގެ ތެރެއިންވެސް އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކަކީ 2015 ވަނަ އަހަރުގެ ފިލްމް "ބަޖްރަންގީ ބައިޖާން"އެވެ.
ރިތިކް ރޯޝަންއާއި ބްރެޑްލީ ކޫޕާ. އެއް ބައްރަކުން އުފަންވި ދެ ތަރިން ނޫން ކަމުގައި ވީ ނަމަވެސް ރިތިކް ރޯޝަންއާއި ބްރެޑްލީ ކޫޕާގެ ސިފަ އެއްގޮތް ކަން މި ދެތެރިންނަށް ރަނގަޅަށް ބަލާލި ކޮންމެ މީހަކަށްވެސް ސާބިތުކަމާއެކު ފެންނަން ހުރެއެވެ.
އަކްޝޭ ކުމާރްއާއި ޝޯން މައިކަލްސް. އަކްޝޭ ކުމާރަކީ ބޮލީވުޑްގެ އެކި ފިލްމުތަކުގައި ގިނަ ސްޓައިލްތަކަކަށް ފެނިގެންދާ ތަރިއަކަށްވާއިރު އަކްޝޭއާއި ވައްތަރު މީހުންގެ ލިސްޓު ފުދޭވަރަކަށް ދިގުވެދާނެއެވެ. ނަމަވެސް އެންމެ ވައްތަރު މީހަކީ އެމެރިކާގެ ރެސްލާ އަދި އެކްޓާ ޝޯން މައިކަލްސް އޭ ބުނުމުން ދެބަސްވާނެ މީހަކު މަދުވާނެއެވެ.
މި ނޫނަސް ބޮލީވުޑްގެ ތަރިންނާ ސިފައިގެ ގޮތުން އެއްގޮތް ކިތަންމެ ބަޔަކު ފާހަގަކުރެވެއެވެ. އެގޮތުން ރަންވީރު ސިންހާ ޙަމީދު ޝުއައިބު، އަރުބާޒް ހާންއާއި ރޮޖާ ފެޑަރާ އަދި އަމީތާބު ބައްޗަންއާއި ފީރޯޒް ހާންއަކީވެސް ވައްތަރު ފަންނުވެރިން ކަމަށް ބުނާ މީހުން އުޅެއެވެ.