ހުޅުމާލެ ފެރީ ޓާމިނަލާއި ސެންޓްރަލް ޕާކާއި ދެމެދު އޮންނަ ހުސް ބިމުގައި ރޯވެއްޖެއެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފަށް 13:21 ގައި ލިބުމާއި ގުޅިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ފަޔާ އެންޑް ރެސްކިއު ޓީމުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުންނެވެ.

އެންއެންޑީއެފުން މައުލޫމާތު ދޭ ގޮތުގައި އަލިފާން ރޯވެފައިވަނީ ވިނަތަކެއްގައެވެ.

ފަޔާ ލޮރީތައް ބޭނުން ކޮށްގެން ނިއްވާލުމުގެ މަސައްކަތް ސިފައިން ދަނީ ކުރަމުންނެވެ.

އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ޓީމުގެ މަސައްކަތުން މި އަލިފާންގަނޑު އިތުރަށް ފެތުރުނަ ނުދީ މިހާރު ކޮންޓްރޯލް ކުރެވިފައިވާކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.