މި ފެށޭ ރަމަޟާން މަހު ފިހާރަތަކާއި ކެފޭ ރެސްޓޯރެންޓް ފަދަ ތަންތަނުން ވިޔަފާރި ކުރެވޭ ވަގުތު ތަކަށް އިކޮނޮމިކް މިނިސްޓްރީން ބަދަލު ގެނެސްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މިކަމާ ގުޅިގެން ނެރުނު އިއުލާނުގައި ވާ ގޮތުން، ރަމަޟާންމަހުގެ ރޭތަކާއި ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހުގެ ރޭތަކުގައި ސައި ހޮޓާ، ރެސްޓޯރަންޓު އަދި ކެންޓީނު ފަދަ ތަންތަނުން ކެއުންބުއިމުގެ ހިދުމަތް ދިނުމަށް ހުޅުވާފައި ބެހެއްޓޭނީ އެދުވަހެއްގެ އިރުއޮއްސުމާ މެންދަމު 3:00 އާ ދެމެދުގެ ވަގުތު ތަކުގައެވެ.

މިމަހު 29 އިން ފެށިގެން، ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހުގެ ރޭގަނޑު އިމްޕޯޓް މުދާ ވިއްކާ ތަންތަން ބަންދު ކުރަން ޖެހޭ ގަޑިއަކީ މެންދަމު 12:00 ކަމުގައި ވެސް އެ މިނިސްޓްރީން ހަމަޖައްސާފައި ވެއެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް، މި ބަދަލާ އެއްގޮތަށް ވިޔަފާރި ކުރުމުގެ ކަންކަން ކުރިއަށް ގެންދިޔުމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ވަނީ އަންގާފައެވެ.