މަސްޖިދުލް ފުރްގާންއަށް ވަދެ، މިސްކިތުގެ ހުރުމަތް ކެނޑޭ ފަދަ ދަށު ދަރަޖައިގެ އަމަލެއް ހިންގި މީހަކު ހައްޔަރުކޮށް، ކޯޓު އަމުރެއްގެ ދަށުން 15 ދުވަހަށް ބަންދުކޮށްފިއެވެ.
ފުލުހުން ބުނީ މިމައްސަލައިގަ ހައްޔަރުކޮށްފައިވަނީ ގ. މާލެހިޔާ 2، 02-13 މާލެ، ނައުޝާދު މޫސާ (32އ) ކަމަށެވެ. ނައުޝާދު ހައްޔަރުކޮށްފައިވަނީ 2026 ވަނަ އަހަރުގެ ސެޕްޓެންބަރު 10 ވަނަ ދުވަހުގެ ފަތިހު 04:14 އެހައިކަންހާއިރު، މަސްޖިދުލް ފުރްގާންއަށް ވަދެ، މިސްކިތުގެ ހުރުމަތް ކެނޑޭ ފަދަ، އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް، މިސްކިތް ތެރެއަށް ބޮޑުކަމުދިޔަކަމުގެ ތުހުމަތުގައެވެ.
މިމައްސަލައާ ގުޅިގެން ނައުޝާދު 15 ދުވަހަށް ބަންދުކޮށްފައިވަނީ ނައުޝާދުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުންނެވެ. މި މައްސަލަ މިހާރު ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
