ކޮންމެ އަހަރަކު ވެސް ރަމަޟާން މަހާއި ދިމާކޮށް ކުރިއަށް ގެންދާ "އެސްޓީއޯ ރަމަޟާން ބާޒާރު" ޖޫން މަހުގެ 10 ގެ ނިޔަލަށް އެސްޓީއޯ ސުޕަމާޓުގައި ކުރިއަށް ދާނެ ކަމަށް އެސްޓީއޯއިން ބުނެފިއެވެ.

މި ޕްރޮމޯޝަންގައި އެސްޓީއޯއިން ވިޔަފާރިކުރާ ފަރާތްތަކަށް ތަފާތު ގިނަ އިނާމްތަކާއި ހާއްސަ ޑިސްކައުންޓް ތަކެއްވެސް ލިބޭނެކަމަށް އެސްޓީއޯ އިން ބުނެއެވެ.

އެސްޓީއޯ އިން ބުނީ، އެ ކުންފުނީގެ ކަސްޓަމަރުންގެ ތެރެއިން އެސްޓީއޯ ސުޕަމާޓުން ކުރައްވާ 500 ރުފިޔާ އިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ ކަމަށާއި އެ ޕްރޮމޯޝަންގެ އެއްވަނަ އިނާމަކީ ލިޓަސްގެ ފަރާތުން ދޭ ފިލާނޯ ސައިކަލެކެވެ. އޭގެއިތުރުން ދެވަނަ އަދި ތިންވަނަ އަށްވެސް އަގުހުރި އިނާމްތަކެއް ލިބިގެންދާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

މީގެ އިތުރުން، ކޮންމެ ހަފްތާއަކު ސޯޝަލްމީޑިއާ މެދުވެރިކޮއް ހޮވޭ ފަރާތަކަށް ވެސް އަގުހުރި އިނާމްތަކެއް ލިބިގެންދާނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ. މިޕްރޮމޯޝަންގައި ރަމަޟާންމަހަށް ބޭނުންތެރި ކާބޯތަކެތީގެ އިތުރުން ތަފާތު ވައްތަރުގެ ޕްލާސްޓިކް އަދި ބިއްލޫރި ތައްޓާއި ގިނަ އަދަދެއްގެ ބަދިގެ ސާމާނުން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ވެސް ލިބިގެންދާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.