އއ މަތިވެރީގައި ހުންނަ ކާސާ މިއާ ގެސްޓްހައުސްގައި ރޯވި އަލިފާން ނިއްވާލައިފި ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ. އެމްއެންޑީއެފުން ބުނީ އަލިފާން ނިއްވާލީ އަލިފާން ނިއްވުމަށް ތަމްރީނު ވެފައި އެރަށުގައި ތިބި އަލިފާން ނިއްވާ ޓީމާ ރަށުގެ ރައްޔިތުން ގުޅިގެން ކަމަށެވެ.

އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި ގެސްޓްހައުސްގައި އަލިފާން ރޯވި ކަމުގެ މައުލޫމާތު އެފަރާތަށް ލިބުނީ މިރޭ 10:25 ހާ އިރުއެވެ.

މިހާދިސާގައި ގެސްޓްހައުސްގެ 8 ކޮޓަރިއަކާއި ހަތަރު ބުލޮކްގައި އަލިފާން ރޯވިކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. މިއީ ޖުމްލަ 34 ކޮޓަރި ހުންނަ ގެސްޓްހައުސްއެކެވެ.

ކާސާ މިއާ ގެސްޓްހައުސް ކޮޓަރިތަކާ އެކު ފެންނަ ގޮތް

މިއީ ކާށިދޫ ދާއިރާއަށް ހޮވުނު ކެންޑިޑޭޓް އަބްދުﷲ ޖާބިރު ހިންގަވާ ގެސްޓްހައުސްއެއް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.