މަލައިކާ އަރޯރާއާއި އަރުޖުން ކަޕޫރުގެ ކައިވެނި، އަންނަ އޭޕްރިލް މަހުގެ 19 ދުވަހު ކުރުމަށް ހަމަޖެހިފައިވާކަމަށް ބޮލީވުޑްގެ ޚަބަރުތައް ބުނަން ފަށައިފިއެވެ.

މި ކައިވެންޏަށް ދައުވަތު އެރުވިގެން ހާޒިރުވާނެ ތަރިންގެ ތެރޭގައި އަރުޖުން ކަޕޫރާ ދެބެންގެ ދެދަރި ކަރިސްމާއާއި ކަރީނާ ކަޕޫރުގެ އިތުރުން، ގާތް ރަހުމަތްތެރިޔާ ރަންވީރު ސިންހާއި ދީޕިކާ ޕަދުކޯންވެސް ހިމެނޭނެކަމަށް އަޑުތައް ވަނީ ފެތުރިފައެވެ.

އެދެތަރިންގެ މެދުގައި ލޯބީގެ ގުޅުމެއް ހިނގާކަންވެސް އަދި މީޑިއާއަށް ކަށަވަރުކޮށްދީފައި ނުވާ މަލައިކާއާއި އަރުޖުންގެ ކައިވެންޏާ ބެހޭ ގޮތުން ރަސްމީކޮށް އަދިވެސް އެއްވެސް މިއިން ތަރިއަކު ހާމަކޮށްފައެއްނުވެއެވެ. ނަމަވެސް މަލައިކާ، އޭނާގެ ކުރީގެ ފިރިމީހާ – އަރުބާޒް ޚާންގެ ގާތުން 2017 ވަނަ އަހަރު ވަރިވިފަހުން، މުޅިންހެން ފެންނަމުންދަނީ އަރުޖުން ކަޕޫރާ އެކުގައިކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން އަރުޖުންއާއި ގަޔާވާކަމުގެ އިޝާރާތްތަކެއް، މަލައިކާ ވަނީ 'ކޮފީ ވިތު ކަރަން'ގެ އެޕިސޯޑެއްގައިވެސް ކޮށްފައެވެ.