އަންނަމަ މަހުގެ 6 ވަނަ ދުވަހު ބާއްވާ މަޖިލިސް އިންތިހާބު ކޮމަންވެލްތުން އޮބްޒާވް ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މަޖިލިސް އިންތިހާބު އޮބްޒާވް ކުރުމަށް ކޮމަންވެލްތުގެ އިތުރުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވެސް ހަރަކާތްތެރިވާނެކަމަށެވެ. ކޮމަންވެލްތާއި އީޔޫގެ އިތުރުން ހަތަރު ގައުމަކާއި ބައިނަލް އަގުވާމީ ނުވަ ޖަމިއްޔާއަކުން އަދި ބޭރުގެ ހަތަރު މީޑިއާއަކުން އިންތިހާބު އޮބްޒާވްކުރާނެ ކަމަށް ވެސް އީސީން ބުނެއެވެ.

އެޕްރީލް ހަ ވަނަ ދުވަހު ބާއްވާ މަޖިލިސް އިންތިހާބުގައި ފައިނަލް ވޯޓާސް ލިސްޓްގައި ކެންޑިޑޭޓުން މިއަދު ސޮއިކޮށްފައިވާއިރު، މި އިންތިހާބުގައި 87 ދާއިރާއަކަށް 386 ކެންޑިޑޭޓުން ވާދަކުރެއެވެ. މި އިންތިހާބުގައި 264،589 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިފައިވާއިރު، 501 ވޯޓުފޮށިި ބެހެއްޓުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން 4000 އަށްވުރެ ގިނަ އޮފިޝަލުން މި އިންތިހާބުގައި ހަރަކާތްތެރިވާނެ ކަމަށް އީސީން ބުނެއެވެ.