ހެލްމެޓު ބެހުމަށް ބާއްވާ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވުމަށް ބޭނުންވާ ލ. އަތޮޅުގައި ދިރިއުޅޭ ރައްޔިތުންނަށް މިއަދު ނަން ނޯޓު ކުރެވޭނެ ކަމަށް ޓްރާންސްޕޯޓު އޮތޯރިޓީން ބުނެފިއެވެ.
އެމިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ ލ. އަތޮޅުގައި ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވުމަށް ނަން ނޯޓު ކުރުމުށް ޓްރާންސްޕޯޓް އޮތޯރިޓީގެ ޕޯޓަލް ގައި މިއަދު މެންދުރު 12:00 އިން ފެށިގެން ހުޅުވާލެވޭނެ ކަމަށެވެ.
ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމުގެ ދަށުން ލ. އަތޮޅުގައި ދިރިއުޅޭ ރައްޔިތުންނަށް ބެހުމަށް ހަމަޖެހިފައި ވަނީ 700 ހެލްމެޓެވެ. އަދި މިޕްރޮގްރާމުގައި ބައިވެރިވެވޭނީ ވެސް 700 މީހުންނަށެވެ.
ހެލްމެޓް ބެހުމުގެ ޕްރޮގްރާމުގައި ބައިވެރި ވެވޭނީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ ފަރާތްތަކަށެވެ.
މިޕްރޮގްރާމުގެ ބޭނުމަކީ މަގުމަތީގެ އުޅަނދު ދުއްވާނެ ރައްކާތެރި ގޮތްތައް ދަސްކޮށްދީ އުޅަނދު ދުއްވާ ފަރާތްތަކަކީ އެކަމަށް ގާބިލު ބަޔަކަށް ހެދުމާއި ބާރަށް ދުއްވުމަކީ ނުރައްކާތެރި ހާދިސާތަކަށް މަގުފަހިވާ ކަމެއް ކަން އުޅަނދު ދުއްވާ ފަރާތް ތަކަށް ވިސްނައިދިނުމުގެ އިތުރުން ނުރައްކާތެރި އެކްސިޑެންޓްތައް މަދު ކުރުމަށް ރައްޔިތުން ހޭލުންތެރި ކުރުވުން ކަމަށް ޓްރާންސްޕޯޓުން ބުނެއެވެ.