މިމަހު 10 ވަނަ ދުވަހު ބީއެޗްއެމުން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ޖަމާ ކުރަން ގެންދިޔަ ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ފޭރިގަތް މައްސަލާގައި ހަ މީހުން ހައްޔަރު ކޮށްފިއެވެ.

މިމައްސަލައާ ގުޅިގެން މީގެ ކުރިން ފުލުހުން ވަނީ ހަތަރު މީހަކު ހައްޔަރު ކޮށްފައެވެ. މިހާރު އިތުރު ދެ މީހަކު ހައްޔަރު ކޮށް، ޖުމްލަ ހަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އޭގެ ތެރޭގައި ހިމެނެނީ 23 އަހަރުގެ ދެ ފިރިހެނަކާއި 21 އަހަރުގެ ފިރިހެނެއްގެ އިތުރުން 18 އަހަރުން ދަށުގެ ތިން ކުދިންނެވެ.

މިހާދިސާފައި ފައިސާ ފޭރިގެންފައި ވަނީ ހެލްމެޓް އަޅައިގެން ތިބި ބަޔަކު ކަމަށާ އެހާދިސާގައި ފައިސާ ހިފައިގެން ހުރި މީހާއަށް ހަމަލާ ދިނުމުގެ ސަބަބުން އަނިޔާވި އިންޑިއާ މީހާ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދީފައިވެއެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.