ރޭ މާލޭގައި ހިނގި އެކްސިޑެންޓެއްގައި މީހެއްގެ ކޮނޑުހުޅު ބިންދައިގެން ގޮސް އެކިވަރުގެ އަނިޔާ ވެއްޖެއެވެ.

ދެ ސައިކަލް ޖެހި ހިނގި މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ އެއް ސައިކަލުގެ ފަހަތުގައި އިން 19 އަހަރުގެ ފިރިހެން މީހާ އަށެވެ. އެގޮތުން އޭނާގެ ކޮނޑުހުޅާއި ކޯ ކަށިގަނޑު ބިނދި މޫނު މަށައިގެން ގޮސް އެކި ވަރުގެ އަނިޔާތައް ލިބިފައިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އޭނާ އަށް އައިޖީއެމްއެޗުން ދަނީ ފަރުވާދެމުންނެވެ.

ރޭ 02:20 ހާއިރު ރިޕޯޓް ކޮށްފައިވާ މި އެކްސިޑެންޓް ހިނގައިފާ ވަނީ އަމީނީ މަގާއި ސިއްތިމާވާ ހިގުން ގުޅޭ ކަންމަތިންނެވެ.

އެކްސިޑެންޓުވި އަނެއް ސައިކަލުގައި އިން މީހާ ސައިކަލާ އެކު ފިލާފައިވާ ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

ފަހަކަށް އައިސް މާލޭގައި އެކްސިޑެންޓްތައް ދަނީ އިތުރުވަމުންނެވެ.