އޭނާ ޝާއިއުކުރި ފުރަތަމަ ފޮތާއިއެކު އާންމުންގެ ގިނަ ބައެއްގެ ލޯބި ހޯދި އަޔަލަންޑްގެ ލިޔުންތެރިޔާ ސިސީލިއާ އެހާންގެ މަޝްހޫރު ވާހަކަ "ޕީ.އެސް އައި ލަވް ޔޫ"ގެ ސިކުއަލްއެއް އާންމުކުރަން ހަމަޖެހިފައިވާކަން ހާމަކޮށްފިއެވެ.

އުމުރުން އެންމެ 24 އަހަރުގައި ސިސީލިއާ ލިޔުނު ވާހަކަ "ޕީ.އެސް އައި ލަވް ޔޫ" 2004 ވަނަ އަހަރު ޝާއިއު ކުރި ފަހުން 1.14 މިލިއަނަށްވުރެ ގިނަ ރަސްމީ ކޮޕީ، ދުނިޔޭގެ އެކި ހިސާބުތަކުގައި ވިކިފައިވާއިރު، ބައިނަލްއަގުވާމީ ފެންވަރުގައި އެންމެ ކާމިޔާބު ފޮތްތަކުގެ ލިސްޓަށްވެސް މި ފޮތް އޮތީ އަރާފައެވެ. ނަތިޖާއަކަށްވީ 2007 ވަނަ އަހަރު، މި ވާހަކައިގެ މައްޗަށް ބިނާކޮށް ފިލްމެއްވެސް އުފެއްދުމެވެ.

މި ކާމިޔާބި ފޮތުގެ ސީކުއަލްއެއް ޝާއިއުކުރަން ހަމަޖެހިފައިވާކަން ސިސީލިއާ ހާމަކޮށްފައިވަނީ އޭނާގެ ފޭސްބުކް ޕޭޖުގައެވެ. 15 އަހަރަށްފަހު "ޕީ.އެސް އައި ލަވް ޔޫ"ގެ ސީކުއަލްއެއް އަންނައިރު، މި ފޮތް އާންމުންގެ އަތަށް ވަރުވާނީ މިއަހަރުގެ ފަހުކޮޅު ކަމަށް ލަފާކުރެވެއެވެ. "ޕޯސްޓްސްކްރިޕްޓް"ގެ ނަން ދީފައިވާ މި ފޮތް ޝާއިއުކުރާ ހާޕާ ކޮލިންސްއިން ފޮތް ރިލީޒް ކުރުމަށް ހަމަޖައްސާފައި އޮތީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ.

ސިސީލިއާގެ ވާހަކަ ފޮތެއް އެންމެ ފަހުން ޝާއިއުކޮށްފައިވަނީ 2018 ވަނަ އަހަރުއެވެ. "ރޯ"ގެ ނަމުގައި ޝާއިއުކޮށްފައިވާ މި ފޮތުގައި ހިމެނެނީ 30 ކުރުވާހަކައެކެވެ.