ބެވަލީ ހިލްސް 90210 ގައި ރަޝް ސޭންޑާޒްގެ ރޯލުން ފެނިގެންދިޔަ ޖެޑް އެލަން މަރުވެއްޖެއެވެ.
ޖެޑް އެލަން މަރުވިކަން ކަށަވަރުކޮށްދީފައިވަނީ އޭނާގެ ފިރިހެން ދަރިފުޅު، އޭނާގެ ސޯޝަލް މީޑިއާ އެކައުންޓް މެދުވެރިކޮށެވެ.
1984 ވަނަ އަހަރުން 1993 ވަނަ އަހަރަށް ދެއްކި 'ސެންޓާ ބާބްރާ"ގެ އިތުރުން 'ޖެނެރަލް ހޮސްޕިޓަލް'އާއި 'ޑޭޒް އޮފް އަވާ ލައިވްސް'ގައިވެސް ހަރަކާތްތެރިވެފައިވާ ޖެޑް އެލަންސް އާންމުންގެ ތެރޭގައި އެންމެ މަޝްހޫރުވީ ރަޝް ސޭންޑާޒްގެ ރޯލުންނެވެ. ބެވަލީ ހިލްސް 90210ގައި ޖެޑް އެލަން ވަނީ 18 އެޕިސޯޑެއްގައި މަސައްކަތްކޮށްފައެވެ.
އުމުރުން 84 އަހަރުގައި ޖެޑް އެލަން މަރުވެފައިމިވަނީ، 90210ގައި މަސައްކަތްކުރި ލޫކް ޕެރީ، އުމުރުން 52 އަހަރުގައި މަރުވި ހަފުތާގެ ތެރޭގައެވެ.