މީގެ އަހަރުތަކެއް ކުރިން ފުރާވަރު އުމުރުގެ ގިނަ އަންހެން ކުދިންތަކެއްގެ ހިތްކަތިލި ޒުވާން މިއުޒިކް ބޭންޑް "ދަ ޖޯނަސް ބްރަދާޒް" އަލުން އެކުގައި މަސައްކަތް ފަށާ ކަމުގެ ޚަބަރު އިއުލާން ކުރުމާއިއެކު، ޖޯނަސް އާއިލާއާއި ދާދިފަހުން ގުޅުނު ބޮލީވުޑްއާއި ހޮލީވުޑްގެ ތަރި ޕްރިޔަންކާ ޗޯޕްޅާ، އެކަމަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ޖޯނަސް ބްރަދާޒް އެނބުރި އަންނަކަން ބަޔާންކޮށް އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާ ޕޯސްޓަކަށް ޕީސީ ކުރި ކޮމެންޓެއްގައި ބުނެފައިވަނީ މއީ އެކަން ކުރަންވީ ވަގުތު ކަމަށާއި، އެނބުރިއައުން މާ ފުރިހަމަ ވާނެ ކަމަށެވެ.

އެކުގައި ކުޑަ ދުވަސްކޮޅަކު އުޅުމަށްފަހު 2018 ވަނަ އަހަރުގެ ފަހުކޮޅު ނިކް ޖޯނަސްއާއި ކައިވެނީގެ ގޮށް ޖަހާލި ޕީސީގެ ދެމަފިރިން މިހާރު ތިބީ އިންޑިއާގައެވެ.

6 އަހަރު ދުވަހުގެ މެދުކެނޑުކަމަކަށް ފަހު ޖޯނަސް ބްރަދާޒް އެނބުރި އަންނަ އައުމަށް ގިނަ ބަޔަކު ދަނީ އިންތިޒާރު ކުރަމުންނެވެ.