ބޮލީވުޑްގެ ސުޕާސްޓާރުންގެ ޝަރަފު ހޯދާފައިވާ ޝާހް ރުކް ހާންއާއި އަމީތާބު ބައްޗަންގެ ފޭންބޭސް މިލިއަނުން ގުނާލެވޭނެއެވެ. މި ދެ ތަރިންނަކީ ބޮލީވުޑް ސްކްރީންގެ ބޭރުން ޒާތީ ދިރިއުޅުމުގައިވެސް ގުޅުން ބަދަހި ދެ ބަތޮލުންނެވެ. "ކަބީ ޚުޝީ ކަބީ ޣަމް"، "މޮހައްބަތެއިން" އަދި "ބޫތްނާތު"ފަދަ ފިލްމުތަކުގައި ސްކްރީން ހިއްސާކުރީ ބެލުންތެރިންގެ އުފަލަށެވެ. ނަމަވެސް މި ދެތަރިން އެކުގައި މަސައްކަތެއްގައި އުޅޭތީ ނުފެންނަތާ ދުވަސްކޮޅެއްވެޖެއެވެ.

އަމީތާބުގެ އެންމެ ފަހުގެ ފިލްމް "ބަދްލާ"ގެ ޕްރޮޑިއުސަރަކީ އެސް.އާރް.ކޭގެ ޕްރޮޑަކްޝަން ހައުސްއެވެ. މިއާއެކު ފިލްމުގެ ޕްރޮމޯޝަނަށް މި ދެތެތަރިން އެކުގައި ފެންނަން އޮތް މުނާސަބާތައް އަދިވެސް އޮތީއެވެ. އެގޮތުން، މި ސެލްފީއަކީވެސް އެފަދަ ސެލްފީއެކެވެ. ފޭނުންނަށްވެސް މިއީ ތާރީހީ ސެލްފީއެއްތާއެވެ.

އަމީތާބު ވަނީ އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި މި ސެލްފީ ޕޯސްޓުކޮށް، ފިލްމް "ބަދްލާ" ޕްރޮމޯޓްކޮށްފައެވެ.