އެމެރިކާގެ މަޝްހޫރު މިއުޒިކަލްސް ޑައިރެކްޓާ ސްޓޭންލީ ޑޮނަން މަރުވެއްޖެއެވެ.

އުމުރުން 94 އަހަރުގައި މިދުނިޔެއާއި ވަކިވެދިޔަ ޑޮނަންގެ މަސައްކަތްތަކުގެ ތެރެއިން ޖީން ކެލީއާއިއެކު 1952 ވަނަ އަހަރު އޭނާ ޑައިރެކްޓްކުރި "ސިނގިންގް އިން ދަ ރެއިން" ފާހަގަކޮށްލެވެއެވެ. ޑޮނަންގެ އިތުރު ފިލްމުތަކުގެ ތެރޭގައި، "އޮން ދަ ޓައުން"، "ސެވަން ބްރައިޑްސް ފޮ ސެވަން ބްރަދާޒް" އަދި "ފަނީ ފޭސް" ހިމެނެއެވެ.

ބްރޯޑްވޭގައި ނެށުންތެރިއެއްގައިވެސް ހަރަކާތްތެރިވި ޑޮނަން، ސިނަމާއާއި ގުޅުނީ ކޮރިއޯގްރާފަރެއްގެ ގޮތުގައެވެ. އެއަށްފަހު އޭނާ މަސައްކަތްކުރީ ޑައިރެކްޓަރެއްގެ ގޮތުގައެވެ.

"ސިނގިންގް އިން ދަ" ރެއިންއަކީ އެމެރިކަން ފިލްމް އިންސްޓިޓިއުޓް އިން ހޮވާ "މޫވީ މިއުޒިކަލް އޮފް އޯލް ޓައިމް"ގެ ޝަރަފު ހޯދާފައިވާ މަސައްކަތެކެވެ. މީގެ އިތުރުން ޑައިރެކްޓާ މާޓިން ސްކޯސޭޒޭ ވަނީ ޑޮނަންއަށް އޮނަރަރީ އޮސްކާއެއް 1998 ވަނަ އަހަރު އެވޯޑްކޮށްފައެވެ.