މާލޭގެ ބޮޑުތަކުރުފާނު މަގު (ރިންގް ރޯޑު) ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ބާކީ އޮތް ބައިގެ މަސައްކަތް އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގާއި ފަޅުތެރެ ތަރައްގީކުރުމުގެ މަޝްރޫއުގެ ދެން އަވަހަށް ފެށޭ ފިޔަވަހީގައި ހިމެނޭ ބައެއް މަސައްކަތްތަކާއި، އެމްޕީއެލް ސަރަޙައްދުން ފެށިގެން ސުނާމީ ބިނާ މައިޒާނާ ހަމައަށް އޮތް ރިންގް ރޯޑުގެ ބާކީ ބައިގެ މަސައްކަތް ނޮވެމްބަރު 2026 ގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ.
އެމްޓީސީސީ އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ 3 ވަނަ ފިޔަވަހީގެ މަސައްކަތް އަންނަ އޮގަސްޓް މަހު ފެށުމަށް ވަނީ ހަމަޖެހިފައިވާއިރު މި މަޝްރޫއުގެ ދަށުން އެންމެ ފުރަތަމަ ތަރައްގީކުރީ އެމްއެމްއޭއިން ފެށިގެން ލޯކަލް މާރުކޭޓު ސަރަހައްދެވެ. އަދި އޭގެފަހުން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް މަސައްކަތް ނިންމާލައި މިހާރު ވަނީ އާންމުންނަށް ހުޅުވާލައިފައެވެ.
މި މަޝްރޫއުގެ ފުރަތަމަ ދެ ފިޔަވަހީގެ ޖުމްލަ އަގަކީ 220.3 މިލިއަން ރުފިޔާއެވެ.
