ޑިވެލޮޕްމެންޓަލް ޕީޑިއެޓްރިޝަން، ޑރ. އައިމިނަތު ފަޒްނާ ނިޔާވެއްޖެއެވެ.
ޑރ. ފަޒްނާއަކީ އޯޓިޒަމްއާއި އޭޑީއެޗްޑީއާއި އެކި ކަހަލަ ޑިވޮލޮޕްމަންޓަލް ޑިސްއޯޑާތަކުގެ ފުރިހަމަ ޑައިގްނޯސްޓިކް އެސެސްމަންޓް ހެދުމުގައި ތަމްރީންވެ ވަޑަިއގެންނެވި ރާއްޖޭގެ ފުރަތަމަ ޑޮކްޓަރެވެ.
ނެޝެނަލް ޔުނިވަސިޓީ އޮފް މެލޭޝިއާގެ އިތުރުން އެމެރިކާގެ ޔުނިވާސިޓީ އޮފް ކެލިފޯނިއާއިން ތަމްރީންވުމަށް ފަހު ޑިވެލޮޕްމެންޓް ޕީޑިއެޓްރިޝަންއެއްގެ ގޮތުގައި ފަޒްނާ އައިޖީއެމްއެޗްގައި މަސައްކަތް ކުރައްވަން ފެެއްޓެވީ 2024 ވަނަ އަހަރުއެވެ.
އުމުރުން 47 އަހަރުގައި ފަޒްނާ ނިޔާވެފައި ވަނީ ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ކަމަށް މި ނޫހަށް ވަނީ މައުލޫމާތު ލިބިފައެވެ.
ޑރ. ފަޒްނާގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިރޭގެ އިޝާ ނަމާދަށް ފަހު އާސަހަރާ މިސްކިތުގަ އެވެ.
އޭނާ ނިޔާވިއިރު އޭނާގެ ދެ ކުއްޖަކު ދުނިޔޭގައި އެބަތިއްބެވެ.
