މާލެ ސަރަޙައްދުގެ އަމާންކަން ދަމަހައްޓައި، ރައްޔިތުންނަށް ރައްކާތެރި މުޖުތަމައެއް ކަށަވަރުކޮށް ދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ފާއިތުވި ހަފުތާގައި ކާމިޔާބު އޮޕަރޭޝަންތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ 10 އިން 16 އަށް މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ އިތުރުން ތަހުގީގީ ދާއިރާތަކުން ގުޅިގެން ކުރިއަށް ގެންދިޔަ މި މަސައްކަތްތަކުގެ ތެރޭގައި 16,000 އަށްވުރެ ގިނަ ސަރަހައްދު ބަލައި ފާސްކޮށްފަ އިވެއެވެ. އަދި ތަފާތު އެކި ކަންކަމާ ގުޅިގެން ހުށަހެޅުނު 390 އަށްވުރެ ގިނަ މައްސަލައަކަށް ފުލުހުން ވަނީ ވަގުތުން އިޖާބަދީފައެވެ.
- މާލޭގެ 5854 ތަނެއް ބަލައި ފާސްކުރި. ރިޕޯޓްކުރި 174 މައްސަލައަކަށް އެޓެންޑްވެފައިވޭ
- ތިލަމާލޭގރ 2693 ތަނެއް ބަަލއި ފާސްކުރި. ރިޕޯޓްކުރި 13 މައްސަލައަކަށް އެޓެންޑްވެފައިވޭ
- ހުޅުމާލެއިން 6676 ތަނެއް ބަލައި ފާސްކުރި. ރިޕޯޓްކުރި 114 މައްސަލައަކަށް އެޓެންޑްވެފައިވޭ
- މަސްތުވާތަކެތީގެ މައްސަލަ އާއި ގޭންގް ކުށްތަކާ ގުޅޭ 1328 ތަނެއް ބަލައި ފާސްކުރި. ރިޕޯޓްކުރި 18 މައްސަލައަކަށް އެޓެންޑްވެފައިވޭ
ކުށްމަދުކުރުމަށާއި އަމާންކަން ގާއިމުކުރުމަށް ފުލުހުން އިސްނަގައިގެން ހިންގި ހާއްސަ ހަރަކާތްތަކުގެ ތެރެއިން، އެކި މައްސަލަތަކުގައި ތުހުމަތުކުރެވޭ 62 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މީގެ ތެރޭގައި އެކި ބާވަތުގެ ކުށްތަކަށް ތުހުމަތުކުރެވޭ މީހުން ހިމެނެއެވެ.
- މާލެއިން 29 މީހުން ހައްޔަރުކުރި
- ހުޅުމާލެއިން 15 މީހުން ހައްޔަރުކުރި
- މަސްތުވާތަކެތީގެ މައްސަލަ އާއި ގޭންގް ކުށްތަކާ ގުޅިގެން 18 މީހުން ހައްޔަރުކުރި
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވުނު މަސައްކަތްތަކަށް ބަލާއިރު، ގްރޭޓަރ މާލެ ސަރަހައްދުގައި ހިނގި ޓްރެފިކް 50 ހާދިސާއަކަށް ޓްރެފިކް ޕޮލިހުންނާއި މަގުމަތި ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ޓީމުތަކުން ވަނީ އެޓެންޑްވެފައެވެ.
ފުލުހުންގެ އިދާރާއިން ފާހަގަކުރެއްވި ގޮތުގައި، މި މަސައްކަތްތަކަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފުލުހުން ހުއްޓުމެއްނެތި، 24 ގަޑިއިރު ކުރަމުންދާ ބުރަ މަސައްކަތުގެ ތެރެއިން ހޯދިފައިވާ ނަތީޖާއެކެވެ. ފުލުހުންގެ މައިގަނޑު އަމާޒަކީ އިސްލާމީ ރިވެތި އުސޫލުތަކާއި މުޖުތަމައުގެ އަމާންކަން އިސްކޮށް، އެންމެހައި ރައްޔިތުންނަށް އަމާން އަދި ރައްކާތެރި މުޖުތަމައެއް ބިނާކޮށްދިނުމެވެ.
