މެއި މަހުގެ 24 އާއި 25 ވަަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ގޮތުގައި ހަމަޖައްސައިފިއެވެ.
ރައީސް އޮފީހުން ބުނީ، މި މަހުގެ 24 އަދި 25 ވަނަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ކަމަށެވެ. މި ގޮތަށް ހަމަޖެއްސެނީ ބޮޑު އިޑުގެ ބަންދާ ގުޅިގެން އާއިލާއާއެކު ވިހާވެސް ގިނަ ދުވަސްތަކެއް އެކުގައި ހޭދަކުރުމަށް ފުރުސަތު ފަހިކޮށް ދިނުމުގެ ގޮތުން ކަމަށް ރައީސް އޮފީހުން ބުނެއެވެ.
އެގޮތުން ހަފްތާ ބަންދަށް ފަހު ބޮޑު އީދުގެ ބަންދާ ދެމެދު ސަރުކާރު ހުޅުވިފައިވާ ދެ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސުމުން ދެން ސަރުކާރު ހުޅުވޭނީ މޭ 31 ވާ އާދިއްތަ ދުވަހުއެވެ.
ކޮންމެ އަހަރެއްގެ ވެސް ބޮޑު އީދު ދުވަސްވަރަކީ އީދު ފާހަގަކުރުމަށް އާއިލާ ކައިރިއަށް ރަށްރަށަށް ދަތުރުކުރާ ދުވަސްވަރެކެވެ. ހަމައެއާއެކު އިދުގެ ކުޅިވަރުތަކުގައި ބައިވެރިވެ، ކުޅިވަރު ބެލުމަށް ވެސް އުފާވެރި ވަގުތުކޮޅެއް ހޭދަކުރާ ދުވަސްވަރެކެވެ.
މި އަހަރުގެ އީދު ބަންދު އަންނަ ދުވަސްވަރަކީ ސްކޫލްތަކުގެ މިޑްޓާމް ބްރޭކަށް ބަންދު ވާ ދުވަސްވަރުވެސް މެއެވެ. އެގޮތުން މިއަހަރުގެ އެކަޑެމިކް ކަލަންޑަރުން ދައްކާގޮތުގައި މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން މި މަހުގެ 30 ވަނަ ދުވަހާ ހަމައަށް ސްކޫލްތައް ބަންދުވާނެއެވެ.
