މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކްޓިވް މެންބަރުކަމުގެ މަގާމަށް މުހައްމަދު ލަމްއާން އައްޔަން ކޮށްފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ބުނީ، އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކްޓިވް މެންބަރުކަމުގެ މަގާމުން ހ. އާހަމަ، އިބްރާހިމް ޒިޔަތު ވަކިކޮށް، އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކްޓިވް މެންބަރުކަމުގެ މަގާމަށް މ. ހަޒާރީވިލާ، މުހައްމަދު ލަމްއާން މިއަދުން ފެށިގެން އައްޔަން ކޮށްފައިވާ ކަމަށެވެ.
މީގެ ކުރިން ލަމްއާން ހުންނެވީ އެމްއޭސީއެލްގެ ޑީއެމްޑީގެ މަގާމުގައެވެ. ފެބްރުއަރީ 1، 2024 ގައި އެ މަގާމަށް އައްޔަން ކުރި ލަމްއާން ވަނީ އެ މާގަމުން މިއަދު އިސްތިއުފާ ދެއްވާފައެވެ. ލަމްއާން އިސްތިއުފާ ދެއްވުމާއެކު އެ މަގާމުގައި ދެން ހުންނަވާނީ މުޖުތަބާ ލަތީފެވެ.
ލަމްއާން އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކްޓިވް މެންބަރުކަމުގެ މަގާމުގައި ހުރި ޒިޔަތު އެ މަގާމުން ވަކި ކުރި ސަބަބެއް އަދި ސާފެއް ނުވެއެވެ. އޭނާ މަގާމުން ވަިކޮށްފަިއ މިވަނީ ސަރުކާރުގެ ސިޔާސީ މަގާމުތައް ފުރުއްވަމުންދާ ފަރާތްތަކުގެ ޕާފޯމަންސަށް ބަލައި މީހުން ވަކި ކުރަން ފަށާފައި ވަނިކޮށެވެ.
