ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރާ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑަށް ހަތަރު މެންބަރުން އައްޔަންކޮށްފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން (ޕީސީބީ)އިން މިއަދު ވަނީ، ވިޒިޓް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑަށް ހަތަރު މެންބަރުން އައްޔަންކޮށްފައެވެ.
އެ ކޯޕަރޭޝަންގެ ބޯޑަށް އައްޔަންކުރި 4 މެންބަރުންނަކީ:
- ހުދާ ފަހީމް / ވިލަރެސް، ކ. ތުލުސްދޫ
- އާއިޝަތު މަލްހާ / ރަސްވެލި، ރ. ރަސްގަތީމް
- އަލީ ޝިނާން / މއ. ރިހިރާޅު
- އާއިޝަތު އަލީ / މ. ވާރޭވިލާ
ބޯޑަށް ބޭފުޅުން އައްޔަންކުރެއްވުމާ ގުޅިގެން ވިޒިޓް މޯލްޑިވްސް އިން ބުނީ، މި ބޭފުޅުންގެ ތަޖުރިބާ އާއި ލީޑާޝިޕްގެ އަލީގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާކުރާނެ ކަމަށެވެ.
ވިޒިޓް މޯލްޑިވްސްގެ ބޯޑުގައި ކުންފުނީގެ ޗެއާޕާސަން އަބްދުﷲ ގިޔާސް ރިޔާޒާއި ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީ ހިމެނިވަޑައިގަންނަވައެވެ. އަދި އަދި ނަން-އެގްޒެކެޓިވް މެންބަރުންގެ ގޮތުގައި މާހާ ނަސީރާއި އާމިނަތު ވުލާއު މުހައްމަދު ނާޒިމާއި އަބްދުލްސަމީއު އިމާދާއި އާއިޝަތު ހަމީދު ތިއްބަވައެވެ.
އަދި މިދިޔަ އަހަރު ވަނީ މޯލްޑިވްސް ކޯޕަރޭޝަންގެ ސީއޯއޯގެ މަގާމުގައި ހުރި ސަބީހާ އަހުމަދު، އެ ކުންފުނީގެ ބޯޑަށް އައްޔަންކޮށްފައެވެ.
