ހުޅުމާލެއިން ކަރަންޓު ކެނޑުން ހުރިހާ ހިސާބަކަށް އަލުން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދީފިއެވެ.
ސްޓެލްކޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މަގު ކޮނުމުގެ ތެރޭ ހައިވޯލްޓޭޖް ކޭބަލަކަށް ގެއްލުންވެ ހުޅުމާލެ ދެވަނަ ފިޔަވަހިން ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ހުރިހާ ހިސާބަކަށް އަލުން ކަރަންޓުގެ ހިދުމަތް މިހާރު ފޯރުކޮށްދެވުފައިވާކަމަށެވެ.
ކޭބަލަށް ގެއްލުންވެ ކަރަންޓުގެ ހިދުމަތް ކެނޑިފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރު 5، 6 އަދި 7ގެ އިތުރުން ވިނަރެސްގެ 10 ޓަވަރާއި، އަމާން ދޯދި 12، 13، 14، 15 އަދި 16 ވަނަ ޓަވަރުންނެވެ.
މީގެއިތުރުން ދެވަނަ ފިޔަވަހީގެ އަމާން އުދަރެސް 5 އަދި 6 ވަނަ ޓަވަރާއި، އެމްޕީއެލް ޓަވަރުތަކުންވެސް ވަނި ކަރަންޓު ކެނޑިފައެވެ.
ނިމުނު ހަފްތާގައިވެސް ހުޅުމާލެ ދެވަނަ ފިޔަވަހިން ކަރަންޓު ކެނޑިފައިވެއެވެ. އެފަހަރު ކަރަންޓު ނުލިބި 3 ގަޑިއިރަށްވުރެ ގިނަ ވަގުތު ހޭދަވިއެވެ.
