ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން ބ. ތުލާދޫ އާއި ތ. ވިލުފުށިން ދޫކުރަން ނިންމާފައިވާ 100 ހައުސިން ޔުނިޓްގެ މަޝްރޫއަށް އެދި ފޯމް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ހައުސިން މިނިސްޓްރީން ކުރި އިއުލާނެއް ގައި ބުނީ، މި ދެ ރަށުގައި ހިންގަން ނިންމާފައިވާ 100 ހައުސިން ޔުނިޓްގެ މަޝްރޫއަށް ފޯމް ހުށަހެޅޭނެ އެންމެ ފަހު ތާރީހަކީ މި މަހުގެ 40 ވަނަ ދުވަސް ކަމަށެވެ. އަދި ހިޔާވެހި ÷ޓަލް މެދުވެރިކޮށް ފޯމް ހުށަހެޅޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

ތުޅާދޫގައި ގާއިމުކޮށްފައިވާ 100 ހައުސިން ޔުނިޓް ދޫކުރުމަށްޓަކައި 2022 ވަނަ އަހަރު 3 އިއުލާނެއްކޮށްފައި ވާއިރު، އެ އިއުލާންތަކުގައިވާ ކަންކަމާމެދު ތުޅާދޫ ރައްޔިތުންގެ ހިތްހަމަނުޖެހުން ބޮޑުވެ، ތުޅާދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އެ މަސައްކަތް މުރާޖައާކުރަން އަންގާފައެވެ. އެ އެންގުމާއެކު ވެސް ތުޅާދޫ ކައުންސިލުން އެކަށީގެންވާ އެހީތެރިކަމާއި އެއްބާރުލުން ލިބިފައި ނުވާތީ، އެ މަސައްކަތް ވީހާވެސް އިންސާފުވެރި އަދި ހާމަކަންބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ހައުސިން މިނިސްޓްރީން މުހިންމު ނިންމުންތަކެއް ނިންމާފައި ވެއެވެ.

އެ ގޮތުން މިދިޔަ ޖެނުއަރީ މަހު ތުޅާދޫ އިން 100 ހައުސިން ޔުނިޓްތައް ދޫކުރުމުގެ އެންމެހާ ކަންކަން ސީދާ ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިއުމަށް ނިންމައި ވަނީ އިއުލާންކޮށްފައެވެ. އެގޮތުން ފޯމް ހުށަހަޅަން ހުޅުވާލައި ޖެނުއަރީ 11 ގައި ކުރި އިއުލާނުގައި ފޯމް ލާ މުއްދަތު ހަމަވާނެ ކަމަށް ބުނެފައި ވަނީ އޭޕްރީލް 11 ވަަނަ ދުވަހެވެ.

ވިލުފުށިން ވެސް 100 ހައުސިން ޔުނިޓް ދޫކުރުމަށް ފޯމް ހުށަހަޅަން ހުޅުވާލާފައި ވަނީ ޖެނުއަރީ 11 ގައެވެ. އެ އިއުލާނުގައި ވެސް މުއްދަތު ހަމަވާނެ ތާރީހަކަށް އޭރު ބުނެފައި ވަނީ އޭޕްރީލް 11 ވަަނަ ދުވަހެވެ.