މާލޭގެ މޭޔަރު ކަމާއެކު ފަސް ސިޓީގެ މޭޔަރުކަމުގެ ގޮނޑި އިދިކޮޅު އެމްޑީޕީއަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަން ހާމަވެއްޖެއެވެ.

މިއަދު ހެނދުނު 8:00 އިން ހަވީރު 05:00 އަށް ކުރިއަށް ގެންދިޔަ ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓު ފޮށިތައް ގުނުމަށްފަހު ވަގުތީ ނަތީޖާ އިއުލާން ކުރަމުންދާއިރު މިހާތަނަށް ގުނި ފޮށިތަކުން އެމްޑީޕީން ވަނީ ބޮޑު ނަތީޖާއެއް ހޯދާފައެވެ.

މީގެ އިތުރުން ވެސް ގިނަ ސިޓީތަކުގެ މޭޔަރުކަމަށް ކުރީގައި އުޅެނީ އިދިކޮޅު އެމްޑީޕީއެވެ. އަދި ހަމަ އެހެންމެ ފެންނަ ނުފެންނަ ވޯޓުގައި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ތާއީދެއް ނުކުރެއެވެ. ބައެއް ރަށްރަށާއި ރިސޯޓުތަކުގައި ބަހައްޓާފައިވާ ވޯޓުފޮށިތަކުގެ ނަތީޖާ ލިބެމުންދާއިރު މި ނަތީޖާއަށް ބަދަލު އަންނާނެއެވެ.

އެގޮތުން ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީ، ފުވައްމުލައް ސިޓީ، ކުޅުދުއްފުށި ސިޓީ އަދި އައްޑޫ ސިޓީގެ މޭޔަރު އިންތިހާބުގައި މިހާތަނަށް ލިބުނު ނަތީޖާތަކުން ކުރީގައި އުޅުއްވަނީ އިދިކޮޅު އެމްޑީޕީއެވެ. ތިނަދޫ ފިޔަވައި އެހެން ހުރިހާ ގޮނޑިއެއް ވެސް އެމްޑީޕީން ކާމިޔާބުކުރީ ތަފާތު ބޮޑުކޮށެވެ.

އެއާއެކު މާލޭގެ މޭޔަރުކަމަށް މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރެއްވި އިސްމާއިލް ޒަރިޔަންދު ބަލި ގަބޫލުކުރައްވައި، އެ ގޮނޑި ކާމިޔާބު ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓު އާދަމް އާޒިމަށް ވަނީ މަރުހަބާ ވިދާޅުވެފައެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމު ކުރި އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަދު ހަވީރު 4 ގެ ނިޔަލަށް 185،709 މީހުން ވަނީ ވޯޓު ލާފައެވެ. އެއީ 62.98 ޕަސެންޓު މީހުންނެވެ. އޭގެ ތެރޭގައި 92567 އަންހެނުން އަދި 93142 ފިރިހެނުން ހިމެނެއެވެ.

މި އިންތިހާބަށް ވޯޓު ލުމުގެ ހައްގު ލިބިފައިވާ 294،876 މީހުން ތިބި އިރު އޭގެތެރޭގައި ހިމެނެނީ 144،506 އަންހެނުންނާއި 150،0370 ފިރިހެނުންނެވެ.