އުމްރާގެ އަޅުކަމަށް ގޮސް އުޅުނު ދިވެހި ފިރިހެނަކު ނިޔާވެއްޖެއެވެ.

އިސްލާމިކް މިނިސްޓަރު، މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ދިވެހި އުމްރާ ވެރިޔަކު މައްކާގައި މިރޭ ނިޔާވެފައިވާ ކަމަށާއި ނިޔާވެފައިވަނީި ހިޖާޒު ކުންފުނިން އުމްރާ އަށް ދިޔަ ގދ. ނަޑައްލާ އަލީ އިބްރާހިމް ދީދީ ކަމަށެވެ.

އަދި އޭނާގެ ޖަނާޒާ މިރޭ ފަތިސް ނަމާދަށް ފަހު ހަރަމްފުޅުގައި އޮންނާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.

އަލީ އިބްރާހިމް ނިޔާވީ ކޮސް ސަބަބަކާ ހުރެ ކަމެއް މިނިސްޓަރު ހާމަކޮށްފައި ނުވާއިރު މީގެ ކުރިން ވެސް އުމްރާގެ އަޅުކަމަށް ގޮސް އުޅޭ ދިވެހިން ނިޔާވެފައިވެއެވެ.

އަދި ހާއްސަކޮށް ރޯދަ މަހުގެ އުމްރާގެ އަޅުކަމަށް ގިނަ އަދަދެއްގެ ދިވެހީން ދާ ކަމަކީ ފާހަގަ ކޮށްލެވޭ ކަމެކެވެ.