އީރާނުން މެދުއިރުމަތީގެ ގައުމުތަކަށް ހަމަލާދިނުން މުސްލިމް ވޯލްޑް ލީގް ޖަމިއްޔާއިން ކުށްވެރިކޮށްފިއެވެ.

އާންމުކޮށްފައިވާ ބަޔާނުގައި ބައިނަލްއަގުވާމި ޖަމިއްޔާ، މުސްލިމް ވޯލްޑް ލީގުގެ ޖެނެރަލް ސެކްރެޓޭރިއަޓް، ޝެއިހް ޑރ. މުހައްމަދު ބިން އަބްދުލް ކަރީމް އަލް-އިއްސާ ގެ އިތުރުން ސެކްރެޓަރީ ޖެނެރަލް އަދި މުސްލިމް ސްކޯލާސް ޖަމިއްޔާގެ ޗެއާމަން ވަނީ މެދުއިރުމަތީ މިހާރު ފެށިފައިވާ ހަނގުރާމައާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މުސްލިމް ވޯލްޑް ލީގް ޖަމިއްޔާއިން ވަނީ އީރާނުން އަރަބި ގިނަ ގައުމުތަކާ ދެކޮޅަށް ދިން ހަމަލާތަކަކީ އިސްލާމީ އުސޫލުތަކާ ހިލާފު އަމަލުތަކެއް ކަމަށް ސިފަކޮށްފައެވެ. އަދި މިއީ އިންސާނީ ހައްގުތައް ހިމާޔަތް ކުރަން ހެދިފައިވާ ގާނޫނުތަކާވެސް ފުށޫއަރާ އަމަލުތަކެއް ކަމަށް މުސްލިމް ވޯލްޑް ލީގް ޖަމިއްޔާގެ ބަޔާނުގައިވެއެވެ.

މެދުއިރުމަތީ މިއަދު ފެށި ހަނގުރާމަ ފަށާފައިވަނީ އެމެރިކާ އާއި އިޒްރޭލުންނެވެ. އެ ހަމަލާތައް ވަރުގަދަވެ، ފުލުފުލުގައި ހަމަލާތައް ދެމުން އަންނައިރު، އީރާނުން ފޮނުވާލި ބައެއް ހަމަލާތައް ހުއްޓުވުމަށް މެދުއިރުމަތީގެ ގައުމުތަކުން ވަނީ އިޒްރޭލަށް އެހީވެފައެވެ.

އީރާނުގެ ހަމަލާތަކާ ގުޅިގެން ބެއިރޫތާއި، ކްވެއިތާއި، ގަތަރުގެ އިތުރުން ޔޫއޭއީ އިންވެސް ހަނގުރާމައިގެ ނުރައްކަލުގެ އިންޒާރު އެލާޓު ދީފައިވެއެވެ.