ސްޓެލްކޯގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމަށް ކުރާ މަސައްކަތުގައި މާދަމާ ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑޭނެ ކަމަށް ބުނެފިއެވެ.

ސްޓެލްކޯއިން ބުނީ، އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމަށްޓަކައި، ކޮންމެހެން ހިދުމަތް މެދުކަނޑާލަައިގެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް ހުޅުމާލެ، ހިރުނދުމަގާއި، އަހިގަސްމަގު ހިމެނޭ ސަރަހައްދުން މާދަމާ ހެނދުނު 10:00 އާއި 10:30 އާ ދެމެދު ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

މީގެ އިތުރުން ހުޅުމާލެ، އުނިގަސްމަގާއި، ނިރޮޅުމަގު ހިމެނޭ ސަރަޙައްދުން މާދަމާ މެންދުރު ފަހު 14:00 އާއި 16:00 އާ ދެމެދު ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ސްޓެލްކޯއިން ބުނެއެވެ.

ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް މައާފަށް އެދޭ ކަމަށް ސްޓެލްކޯ އިން ބުނެއެވެ.