ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުނު މައްސަލަ ހައްލުކޮށް އެ ސަރަހައްދުތަކަށް މިހާރު ކަރަންޓުގެ ހިދުމަތް ދީފިއެވެ.

މިއަދު ހެނދުނު 10:20 ހާއިރު ހުޅުމާލޭން ކަރަންޓުގެ ހިދުމަތް ކެނޑިފައި ވަނީ ހުޅުމާލެ ފޭސް 1ގެ ބައެއް ސަރަހައްދުތަކުންނެވެ. .

ސްޓެލްކޯ އިން ބުނީ، އޭރު ބުނެފައި ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ މައްސަލަ ދެނެގަތުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ކަސްޓަމަރުން ދިމާވެދާނެ ދަތިތަކަށް މައާފަށް އެދޭ ކަމަށެވެ.

އެގޮތުން މިހާރު އެ މައްސަލަ ހައްލުކޮށް ކަރަންޓު ކެނޑުނު ސަރަހއްދުތަކަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށް ދީފައިވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ހުޅުމާލޭގެ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާއަށް ފަހު ދޭތެރެ ދޭތެރެއިން އަންނަނީ ކަރަންޓުގެ ހިދުމަތް ބައެއް ސަރަަހައްދުތަކުން ކެނޑެމުންނެވެ،