ރަށުފެންވަރުގައާ ގައުމީ ފެންވަރުގާ މަދަނީ ޖަމިއްޔާތައް ކުރަމުންދާ މަސައްކަތްތަކުގެ އަގު ވަޒަންކުރުމަށް ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ސިވިލް ސޮސައިޓީ އެވޯޑް 7 ޖަމިއްޔާއަކަށް މިރޭ ދީފިއެވެ.

ޔޫތު ހަބްގައި މިރޭ ބޭއްވި ހަފްލާގައި އެވޯޑް ލިބުނު ޖަމިއްޔާތަކަށް އެވޯޑް ހަވާލުކޮށްދެއްވީ ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދެވެ. މިއަހަރުގެ ސިވިލް ސޮސައިޓީ އެވޯޑް ލިބިފައިވަނީ

  1. އަންހެނުންނާ، ކުޑަކުދިންނާ، ޒުވާނުންގެ ހައްގުތައް ހިމާޔަތްކޮށް އެފަރާތްތައް ބާރުވެރިކުރުވުގެ ދާއިރާ - ވިމެން އެމްޕަވަމަންޓް އެސޯސިއޭޝަން އޮފް ތިނަދޫ
  2. ހާއްސައެހީގެ ދާއިރާ އިން - ކެއާ ސޮސައިޓީ
  3. ތައުލީމީ ދާއިރާ - ތުޅާދޫ ސިލްވާޝައިން ކުލަބް
  4. ދިވެހިންގެ ސގާފަތާއި އާދަކާދަތަކާ، ތާރީހީ ތަރިކަ، ދިވެހިބަސް ދިރުވުމުގެ ދާއިރާ - ޝާއިރުންގެ ވާދީ
  5. ތިމާވެށީގެ ދާއިރާ އިން - ކްލީން މޯލްޑިވްސް
  6. ސިއްހީ ދާއިރާ އަދި ދުޅަހެޔޮ މުޖްތަމައުއަކަށް މަސައްކަތް ކުރުން - އަލްޒައިމާ ސޮސައިޓީ އޮފް މޯލްޑިވްސް
  7. މަސްތުވާ ތަކެތިން މުޖްތަމައު ރައްކާތެރިކުރުން - ގިރިންދާ

މި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ސިވިލް ސޮސައިޓީ އެވޯޑު މިރޭ 7 ޖަމިއްޔާއަކަށް ލިބުނު ނަމަވެސް 2026 ވަނަ އަހަރުގެ މި އެވޯޑަށް ގިނަ ދާއިރާތަކެއް އިތުރުކޮށް ގިނަ ޖަމިއްޔާތަކުގެ މަސައްކަތުގެ އަގު ވަޒަންކުރުމަށް ނިންމާފައިވާކަމަށެވެ.