މަރާމާތުގެ މަސައްކަތެއް ކުރުމަށް ސިނަމާލެ ބްރިޖްގެ އެއް ލޭނު މިރޭ ބަންދުކުރާނެ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މަރާމާތުގެ މަސައްކަތަށް ބަންދު ކުރަނީ ބްރިޖްގެ އުތުރު ފަރާތު (މާލެއިން ހުޅުމާލެއަށްދާ) ލޭނު ކަމަށެވެ.
އެގޮތުން މިރޭ 11:45 އިން ފެށިގެން މަރާމާތުގެ މަސައްކަތް ނިމެންދެން އެ ލޭނު ބަންދުވާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އުތުރު ފަރާތު ލޭނު ބަންދުކޮށް ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމަށް ނިންމާފައިވާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ. އުތުރު ފަރާތު ލޭނު ބަންދު ކުރުމާއެކު ދެކުނު ފަރާތު ލޭނުން ދެކޮޅަށް ދުއްވޭ ގޮތަށް ޓްރެފިކް ބަދަލު ގެންނާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.
