ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، އެފްއޭއެމް ވިމެންސް ލީގް 2025 ގެ ފުރަތަމަ މެޗު ޝަރަފުވެރިކޮށް ދެއްވައިފިއެވެ.
އެފްއޭއެމްގެ ވިމެންްސް ލީގް 2025 ކުރިއަށް ގެންގިސްފައި ވަނީ މިއަދު ހަވީރު، ހެންވޭރު ފުޓުބޯޅަ ދަނޑުގައެވެ. އެ ގޮތުން މިއަދު ކުޅުނު މެޗުގައި ބައްދަލުކޮށްފައި ވަނީ، ވިކްޓްރީ ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބެވެ.
މިއަދު ކުޅުނު މެޗު 6-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައި ވަނީ ވިކްޓްރީ ސްޕޯޓްސް ކްލަބެވެ.
މިއަދުގެ މެޗަށްފަހު މެޑަމް ސާޖިދާ ވަނީ، މެޗުގެ މޮޅު ކުޅުންތެރިޔާއަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން ދެއްވާ އެވޯޑު ހަވާލުކޮށް ދެއްވާފައެވެ.
