ހުޅުމާލޭގެ ބައު އިންޖީނުގޭގެ ސްވިޗް ގިއާ އަކަށް ދިމާވި މައްސަލައެއް ހައްލު ކުރަމުން ދަނިކޮށް، އަލިފާނުގެ ހާދިސާއެއް ހިނގައި ސްޓެލްކޯގެ މުވައްޒަފަކަށް އަނިޔާވެއްޖެއެވެ.

ސްޓެލްކޯއިން ބުނީ މި މައްސަލައެއް ހައްލު ކުރަމުން ދަނިކޮށް، އަލިފާނުގެ ހާދިސާއެއް ހިނގައި އަނިޔާވި ކުންފުނީގެ މުވައްޒަފަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދާކަމަށެވެ.

މި ހާދިސާ އާއި ގުޅޭ އިތުރު ތަފްސީލު އަދި ލިބިފައި ނުވާއިރު ސްޓެލްކޯ އިން ބުނީ ހުޅުމާލެ ބައު އިންޖީނު ގޭގެ މީޑިއަމް ވޮލްޓޭޖްގެ ޕެނެލް އަކަށް ދިމާވި މައްސަލައަކާ، ގުޅިގެން މާލެ އާއި ހުޅުމާލެ އަށް ކަރަންޓު ދޭން ބޭނުން ކުރާ ބައެއް ފީޑަރުތައްވެސް އޮފް ކޮށްފައިވާ ކަމަށެވެ.

އެހެންނަމަވެސް މިހާރު ފީޑަރުތައް އޮންކޮށް ކަރަންޓު ދެމުން އަންނަކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.