އީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާސިރު (ހެރިންސް އައްލޯ)ގެ މަންމަ ނިޔާވެއްޖެއެވެ.

މިނިސްޓަރު އަބްދުﷲ ނާޞިރު (ހެރިންސް އައްލޯ) އަދި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) ގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު ނާޒިމް (ހެރިންސް އައްމަޑޭ)ގެ މަންމަ، ޝަރީފާ މުހައްމަދު ނިޔާވީ މިއަދުގެ ވަގުތެއްގައެވެ.

ޝަރީފާ ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ އާއިލާއަށް ތައުޒިޔާ ދަންނަވާފައެވެ.

"މިނިސްޓާ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް، އަބްދުﷲ ނާސިރުގެ ލޮބުވެތި މަންމާފުޅު، ޝަރީފާ މުހައްމަދު އަވަހާރަވި ހަބަރު އަޅުގަނޑު އަޑުއެހީ ފުން ހިތާމައާއެކު. އެ އާއިލާއަށް ތައުޒިޔާ ދަންނަވައި، ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދި ދުއާކުރަން" ރައީސް ވިދާޅުވިއެވެ.

މައްޔިތާގެ ކަށުނަމާދު އޮންނާނީ މިރޭ މަޣްރިބް ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ.