ޑްރަގުގެ ވިޔަފާރީގައި ބައިވެރިވާ ފަރާތްތަކާ ދެކޮޅަށް ފުލުހުން މިއަދު ފެއްޓި ހާއްސަ އޮޕަރޭޝަންގެ ތެރެއިން މިހާތަނަށް 90 މީޙަކު ހައްޔަރުކޮށްފިއެވެ.

މިއަދު ފެށި މި އޮޕަރޭޝަންގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން ފުލުހުން ބުނީ، މިހާރު 90 މިހާކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ހަމައެއާއެކު ގިނަ އަދަދެއްގައި ފައިސާ އާއި މަސްތުވާތަކެތި ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. ނަމަވެސް ފުލުހުންގެ އަތް ދަށާް ގެންދިޔަ މި ތަކެތީގެ ތަފްސީލެއް އަދި ހާމައެއް ނުކުރެއެެވެ.

އޮޕަރޭޝަން އަލިމަގު އަކީ ދިވެހިރާއްޖެއަކީ ޑްރަގްގެ ވަބާއިން އެއްކޮށް ސަލާމަތްވެފައިވާ ގައުމަކަށް ހެދުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދާ އޮޕަރޭޝަނެކެވެ. މިއަދު ހެނދުނު 05:30 ގައި ފެށި މި އޮޕަރޭޝަންގައި 500 އަށްވުރެ ގިނަ ފުލުހުން ބައިވެރިވެ، ސްޕެޝަލައިޒްޑް ޑިޕާޓްމަންޓްތަކާއި ރީޖަންތަކުން ވިލަރެސްކުރެވިގެން އެކުލަވާލެވިފައިވާ ޓީމުތަކުން މުޅި ރާއްޖޭގެ 100 އަށްވުރެ ގިނަ ތަންތަނުގައި އެއްވަގުތެއްގައި ތަންތަން ބަލައި ފާސްކުރުމާއި ގާނޫނު ތަންފީޒުކުރުމުގެ އަމަލީ މަސައްކަތްތަކެއް ކުރިއަށް ގެންދާ ކަމަށެވެ.

"އޮޕަރޭޝަން އަލިމަގު" އަކީ ފަހުގެ އަހަރުތަކުގައި އެންމެ ފުޅާ ދާއިރާއެއްގައި ހިންގޭ މަސްތުވާތަކެއްޗާ ދެކޮޅު ހަރަކާތެވެ. މިއީ ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ މަސްތުވާތަކެތީގެ ވިޔަފާރިކޮށް ޓްރެފިކްކުރާ ވިއުގަތައް ހުއްޓުވައި، މުޅިން ނައްތާލުމަށާއި، މުޖުތަމައުގައި މަސްތުވާތަކެތި ފެތުރުމުގައި ޒިންމާވާ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނައުމަށް ކުރެވޭ ދެމެހެއްޓެނިވި މަސައްކަތްތަކުގެ ތެރެއިން ހިންގޭ އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން މިއަދު ބައެއް ތަފާސް ހިސާބު އާންމު ކުރަމުން ބުނީ، މާލޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ގޭންގް ކްރައިމް ސަޕްރެޝަން ޑިޕާޓްމަންޓުން ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި 413 ސަރަހައްދެއް ބަލައިފާސްކޮށް، 123 އިންޓަރެކްޝަން ހަަދާފައި ވާ ކަމަށެވެ. މިއީ ޑްރަގް ވިޔަފާރިއާ ގުޅުން ހުރި ހަރަކާތެއް ކަމެއް އަދި މުޅިން ސާފެއް ނުވެއެވެ.