އެމްޕީއެލްއާ ދިމާލު ބޭރުން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ހާދިސާގައި ޖުމްލް 6 މީހަކަށް އނަިޔާވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މާލެ އެމްޕީއެލްއާ ދިމާލު، ބޭރުގައި ކޮޅުވެއްޓިއެއް ބަންޑުން ޖަހާލާފައި ވަނީ މިއަދު މެންދުރު ފަހު 3:44 ހާއިރު އެވެ.

މި ހާދިސާއާ ގުޅިގެން އެންމެ ފަހުން ފުލުހުން ހިއްސާ ކުރި މައުލޫމާތުގައި ބުނީ، މި ހާދިސާގައި ޖުމްލަ މީހަކަށް އަނިޔާވެފައިވާ ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ 2 ބިދޭސީންނާއި 4 ދިވެހިން ކަމަށް ވެސް ފުލުހުން ބުނެއެވެ.

އެމީހުންނަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށާއި ހޮސްޕިޓަލުގައި އެމީހުންނަށް ދަނީ ފަރުވާ ދެމުން ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އެމީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގައި ފުލުހުން ދަނީ އަދިވެސް ހަރަކާތްތެރިވަމުންނެވެ. އިތުރު މައުލޫމާތު ލިބެމުންދާ ވަރަކުން ހިއްސާ ކުރާނެ ކަމަށް ފުލުހުން ބުނެއެވެ.